މާދަމާ އޭދަފުށީގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ފެނަކަ އޭދަފުށީ އިންޖީނުގެ އިން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، ޓެކްނިކަލް ބޮޑު މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓް ކަނޑާނީ މާދަމާ ހެނދުނު 6:00 އިން ފެށީގެން މެންދުރު 12 އާ ދެމެދުގެ ގަޑިތަކުގަ އެވެ. އެގޮތުން ކަރަންޓާ ކަނޑާނީ ކުރިންވެސް ކަރަންޓް ކަނޑަމުން ދިޔަ އުސޫލުން ބައި ގަޑިއިރުން އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގަ އެވެ.
އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށްގޮސް އެތަނުގެ އިންޖީނުތަކުގެ ކެޕޭސިޓީއަށް ނުފެތިގެން އެއް މެގަވޮޓް ވޯޓް އާ އިންޖީނެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.