ވިލާ ކޮލެޖުން އޭދަފުށީގައި އާ ކޯސްތަކެއް ފަށައިފި އެވެ.
އެ ކޮލެޖުން އިއްޔެ އޭދަފުށީގައި އަލަށްފެށި ކޯސްތަކަކީ އާޓްސް އިން އެޑިޔުކޭޝަންގެ މާސްޓާޒް ކޯހާ އެކު ބެޗެލާ އޮފް އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ކޯހެކެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި އެޑިޔުކޭޝަން މާސްޓާސް ކޯހަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ ކޯހެކެވެ. ބްލޮކް މޯޑުގައި އެ ކޯސް އެއް އަހަރު ދުވަހުން ނިންމާލެވޭނެ އެވެ.
މި ކޯސްތަކުގައި ކިޔަވައިދެއްވަނީ ވިލާ ކޮލެޖުގެ ލެކްޗަރާއިންނެވެ.
ވިލާ ކޮލެޖުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އޭދަފުށީގައި ތަފާތު ކޯސްތައް ހިންގަމުންނެވެ.