ފަސްމުގޫން ރޯދައަށް ގެނައި ފިޔާ އަލުވި އަދި ބިސް ވިއްކަން ފަށައިފި

މި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހޯލްސެއިލް ވިޔަފާރި ކުރަމުން ގެންދާ އޭދަފުށީ ފަސްމުގޫއިން ފިޔާ، އަލުވި އަދި ބިސް ވަރަށް އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

ފަސްމުގޫ ގްރޫޕްގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް މާކެޓިން އިސްމާއިލް ޝަހީމް (އިއްސެ) ވިދާޅުވީ ބ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ކޭޓަރ ކުރެވޭވަރަށް ފިޔާ އަލުވި އަދި ބިސް މިހާރު ފިހާރައިން ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެކަމަށެވެ. އަދި ހަމަ މިއަތޮޅެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ދިމާލަކުންވެސް ފަސްމުގޫއިން އިންޕޯޓްކުރާ ފިޔާ އަލުވި އަދި ބިސް ލިބެން ހުންނާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

“ފިޔާ އަލުވި އަދި ބިސް މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވާވަރަށް ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ. އަޅުގަންޑުމެން މިކޮޅަށް މިގެނައީ މިޝިޕްމަންޓްތަކުގެ ތެރެނިން ބައެއް ރާއްޖޭގެ އެހެން ދިމާތަކަށްވެސް ފޮނުވާފައި، އެހެން އަތޮޅުތަކުގައިވެސް ހަމަ މިބާވަތްތަށް ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ،” އިއްސެ ވިދާޅުވި އެވެ.

ފަސްމުގޫ އަކީ ފުޅާދާއިރާއެއްގައި ހޯލްސެއިލް ވިޔަފާރިއާއި ހާޑްވެއަރ އަދި ސްޕަމާކެޓް ވިޔަފާރި ކުރަމުން ގެންދާ ފަރާތެކެވެ. ފަސްމުގޫ ގްރޫޕުން ރޯދައާއި ދިމާކޮށް “ފަސްމުގޫ ރޯދަ ސޭލް” ގެ ނަމުގައި ވަރަށް ހާއްސަ ސޭލެއްވެސް މިހާރު ކުރިއަށް އެބަ ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.