ބީއެމްއެލްގެ ސްޕޯޓްސް ސްޕްރިޓް އެވޯޑް ސައްޓު އަށް

ސައްޓު. ބީއެމްއެލްގެ ސްޕޯޓްސް ސްޕްރިޓް އެވޯޑާއެކު.

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ސްޕޯޓްސް ސްޕްރިޓް އެވޯޑް އިޝާން އިބްރާހިމް (ސައްޓު) އަށް ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި ސައްޓު އާ އެވޯޑް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ މާކެޓިންގ ޑިރެކްޓަރ ޢާއިޝަތު ޒަމްރާ ޒާހިރު އެވެ. މި އެވޯޑަކީ މުޅި ރާއްޖޭގައި މަސައްކަތް ކުރާ ބޭންކު އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވޭ މުވައްޒަފުންނަށް ދޭ އެވޯޑެކެވެ. މިއީ ސައްޓުއަށް މި މަޤާމް ލިބުނު ފުރަތަމަ ފަހަރެވެ.

2008 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އޭދަފުށީ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ އިޝާން އިބްރާހިމް މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތް ބޭންކުން ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފައެވެ.

މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނީ ބަދުރުއްދީން ހަސަން އެވެ.

މީގެ އިތުރުން މި ހަފްލާގައި ބެސްޓް މެނޭޖަރު، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއަ ސާވިސް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ކަސްޓަމަރ ސާވިސް ސްޓާ، ރައިޒިން ސްޓަ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ވަނީ ދީފައެވެ. މި އެވޯޑްތައް ހަވާލުކޮށްދީފައިވަނީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީގެ އިތުރުން ބޭންކުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.

ބީއެމްއެލް ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ރާވާ މުހިންމު އެއް ހަރަކާތެވެ. މީގެ އިތުރުން ދާދި ފަހުން ބޭންކުންވަނީ ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.