ސޮނެވާފުށިން “ގްލާސް” ސޭލެއް ބާއްވަނީ

ސޮނެވާފުށީ “ގްލާސް ބްލޮވިން” ސްޓޫޑިއޯގައި އުފައްދާފައިހުރި ބައެއް ތަކެތި – ފޮޓޯ / ސޮނެވާފުށި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންގެ ހަރަކާތްތައް ހިންގަން ބޭނުންވާ ފައިސާ ހޯދުމަށް “ސޮނެވާ ގްލާސް” ސޭލެއް ބާއްވަން އެ ރިސޯޓުން ތައްޔާރުވެއްޖެ އެވެ.

ސޮނެވާފުށީ ރިސޯޓުން އިސްނަގައިގެން، ތައުލީމީ މަރުކަޒާ ގުޅިގެން ބާއްވާ “ސޮނެވާ ގްލާސް” ސޭލުގައި ވިއްކާނީ ކުރިން ބޭނުންކޮށްފައި ހުރި އާދައިގެ ބިއްލޫރި ބޭނުންކޮށްގެން ތަފާތު ޑިޒައިންތަކަށް އެ ރިސޯޓުގެ ގްލާސް ސްޓޯޑިއޯ އުފައްދާފައިވާ ރީތި އަދި އަގުހުރި އަމިއްލަ އުފެއްދުންތަކެވެ.

ސޮނެވާފުށި ރިސޯޓުގެ ކޮމިޔުނިޓީ އެންގޭޖުމަންޓް މެނޭޖަރު އަހްމަދު މުއުމިން ވިދާޅުވީ ގްލާސް ސޭލުގައި އެތަކެތި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ތައުލީމީ މަރުކަޒުގެ ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ހަރަކާތްތަކަށް ކަމަށެވެ.

ސޮނެވާފުށީ “ގްލާސް ބްލޮވިން” ސްޓޫޑިއޯގައި އުފައްދާފައިހުރި ބައެއް ތަކެތި – ފޮޓޯ / ސޮނެވާފުށި

މި ސޭލް އޮންނާނީ މާދަމާ ހަވީރު 4:00-6:00 އަށް އޭދަފުށީ ފުޓްބޯޅަ ދަނޑުގަ އެވެ.

“މި ސޭލްސްގައި ހުންނާނީ އާޓްސް އެންޑް ކްރާފްޓްސް ސަޕްލައިއަށް ބޭނުންވާ ތަކެތި. އެގޮތުން ގެއަކަށް ބޭނުންވާނެ (ބިއްލޫރިން އުފައްދާފައިހުރި) ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ލިބެން ހުންނާނެ، އެކި ސައިޒު ތަކުގެ ބިއްލޫރި ތަށިފަދަ ތަކެތި ހުންނާނެ،”

މުއުމިން ވިދާޅުވި ގޮތުގައި މިއީ ރޯދައާވެސް ދިމާކޮށް، ބޮޑަށް ފަންޑް ރައިސް އިވެއްޓެއްގެ ގޮތުގައި ބާއްވާ ހަރަކާތެކެވެ.

ސޮނެވާފުށީ “ގްލާސް ބްލޮވިން” ސްޓޫޑިއޯގައި އުފައްދާތަހުރި ބައެއް ތަކެތި – ފޮޓޯ / ސޮނެވާފުށި

ބިއްލޫރިން ތަކެތި ހެދުމުގެ މަސައްކަތް ކުރާ އެ ސްޓޫޑިއޯ ސޮނެވާފުށި ރިސޯޓުގައި ހުޅުނީ 2015 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ސްޓޫޑިއޯ އެވެ.

އެ ސްޓޫޑިއޯގައި އެއްޗެހި އުފައްދަނީ އެ ރިސޯޓާއި މި އަތޮޅުގެ އެހެން ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުންނަ ބިއްލޫރި ތަކެތި ރިސައިކަލް ކޮށްގެންނެވެ. މި ސްޓޫޑިއޯގައި “ގްލާސް ބްލޮވިން”ގެ މަސައްކަތްތައް ގެސްޓުންނަށް ދައްކާލުމާއި އެ މީހުންނަށް އޭގައި ބައިވެރިވެ ވެ އެވެ. އަދި ބޭރުގެ އާޓިސްޓުންނާއި ދިވެހި އާޓިސްޓުންގެ މަސައްކަތް ދައްކާލަން ކުޑަ މައުރަޒެއް ވެސް މި ސްޓޫޑިއޯގައި ކުރިއަށް ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.