ކައުންސިލުން ބޮޑު ޚަރަދެއް ކުރަންޖެހޭ ގޮތަށް ބަހިއްޔާ އަމިއްލަ ބަޔަކާ ހަވާލުކޮށްފި

ބަހިއްޔާ ޕްރި-ސްކޫލް | އީޓީ ފައިލް ފޮޓޯ
ބަހިއްޔާ ޕްރި-ސްކޫލް | އީޓީ ފައިލް ފޮޓޯ

އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ނަމުގައި ބަހިއްޔާ ޕްރީ ސްކޫލު ހިންގަން އައިލެންޑާސް އެޑިއުކޭޝަނާ ހަވާލުކޮށްފި އެވެ.

ފްރެންޗައިޒް އުސޫލުން ބަހިއްޔާ ޕްރީ ސްކޫލް ހިންގުމަށް އައިލެންޑާސް އިން ވަނީ އޭދަފުށީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިކަމާގުޅޭ ގޮތުން އޭދަފުށީ ކައުންސިލުގެ ބަހެއްވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.

އައިލެންޑާސް އެޑިއުކޭޝަނާ ބަހިއްޔާ ޕްރީ-ސްކޫލް ހިންގަން ހަވާލުކުރިނަމަވެސް އެތަނުގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި މެއިންޓަނަންސް މަސައްކަތްތައް ބެލެހެއްޓުމާއި އެހެނިހެން ހަރަދުތައް ބަލަހައްޓަން ޖެހެނީ ކައުންސިލުންނެވެ. އަދި މަހުފީއެއްގެ ގޮތުގައި ކޮންމެ ދަރިވަރެއްގެ އަތުން 500ރ ނަގަން ވަނީ ނިންމާފަ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އިގްރާއަށް ކޮންމެ މަހަކުވެސް 9000 ރުފިޔާ ކައުންސިލުން ދައްކަން ޖެހެއެވެ. މިހެންވެއްޖެނަމަ ކައުންސިލަށް މަހަކު ވިއްސަކަށް ހާސް ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަމަށް ބެލެވެ އެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި ބަހިއްޔާގައި ކިޔަވައި ދެއްވާނީ މިހާރުވެސް އެތަނުގައި ކިޔަވައި ދެއްވާ ޓީޗަރުންގެ އިތުރުން ޕްރީސްކޫލް ޓީޗިން ހައްދަވައިގެން ތިއްބެވި ޓީޗަރުންނެވެ.

އޭދަފުށީ ކައުންސިލުން މިހާރު އަންނަނީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ބަހިއްޔާ ޕްރީ ސްކޫލު ހިންގަންފެށުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އެ މިދިޔަ ހޯމަދުވަހު ވަނީ އެ ސްކޫލުގެ ކިޔެވުން ބަންދުކޮށް ޓީޗަރުންނަށް އިތުރު ތަމްރީނު ދިނުމަށް މާލެ ފޮނުވައިފަ އެވެ.

އިގްރާގެ ކަރިކިއުލަމަށް ޕްރީސްކޫލް ހިންގާ ފަރާތްތަކާއި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަނީ ފްރެންޗައިސް އުސޫލުންނެވެ. އެ ކަރިކިއުލަމަށް ސްކޫލް ބަދަލުކުރުމުން ޓީޗަރުން ތަމްރީން ކުރުމާއި، ކްލާސްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމާއި ކުދިންނަށް ބޭނުންވާ ފޮތްތަކާއި ވޯކް ބުކްތަކާއި އެހެނިހެން ސާމާނު އިގްރާއިން ފޯރުކޮށްދެ އެވެ.

“އިގްރާ” ކަރިކިއުލަމަކީ ރާއްޖޭގެ ގިނަ ޕްރީސްކޫލްތަކުގައި މިހާރު ކިޔަވައިދޭ ކަރިކިއުލަމަށްވުރެ ސްޓެންޑަޑް މަތި ކަރިކިއުލަމެކެވެ. އިސްލާމް ދީނުގެ އިލްމު ކިޔަވައިދިނުމާ އެކު، ދިވެހި އިނގިރޭސި، ހިސާބު އަދި ސައިންސް ފަދަ މާއްދާތައް ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާފައިވާ ކަރިކިއުލަމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު = ސީޓޭ

    “އެއްބަސްވުމުގެ ދަށުން އިގްރާއަށް ކޮންމެ މަހަކުވެސް 9000 ރުފިޔާ ކައުންސިލުން ދައްކަން ޖެހެއެވެ. މިހެންވެއްޖެނަމަ ކައުންސިލަށް މަހަކު ވިއްސަކަށް ހާސް ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަމަށް ބެލެވެ އެވެ.”
    މިކަމުގެ “އަޑީގަ” ފޮރުވިފައިވަނީ ކޮން ކަމެއްތޯ ބަލަންޖެހޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.