ބީއެމްއެލް އޭދަފުށީ ބްރާންޗުގެ އާ އިމާރާތް ހަދާނެ ބަޔަކު ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް އޭދަފުށި ބްރާންޗް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) ގެ އޭދަފުށީ ބްރާންޗުގެ އާ އިމާރާތް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފަ އެވެ.

ބީއެމްއެލްގެ އޭދަފުށީ ބްރާންޗް މިހާރު ހިންގަމުން ގެންދަނީ އަތޮޅު ގޭގެ އިމާރާތުގެ ބައެއްގަ އެވެ. އާ އިމާރާތް އަޅަނީ ރަށުގެ ބަނދަރުގެ ހުޅަނގު ސަރަހައްދުގެ އެއްގަމުން ކަންމައްޗަށްވާ ގޮތަށެވެ.

ބީއެމްއެލް އިން ބުނީ އޭދަފުށީ ބްރާންޗުގެ އާ އިމާރާތުގެ އަމަލީ މަސައްކަތްތައް ލަސްތަކެއްނުވެ ފެށޭނެ ކަމަށެވެ. އަދި އާ އިމާރާތުގެ ހިދުމަތް މިއަހަރުތެރޭ ދޭން ފެށޭނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

އާ އިމާރާތާއެކު، އޭދަފުށީގައި ބޭންކުން ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ޒަމާނީ ކުރެވިގެންދާނެ ކަމަށްވެސް ބޭންކުން ބުނެ އެވެ. އެގޮތުން ކިއުގައި މަޑުނުކޮށް ބޭނުން ވަގުތަކު ފައިސާ ނެގުމާއި ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގައި ކުރަމުން އަންނަ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިދިޔަ މަހު ވަނީ މި އަތޮޅު ދަރަވަންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.