ބަހިއްޔާ ހިންގަން ބަޔަކާ ހަވާލެއް ނުކުރަން: ކައުންސިލް

ބަހިއްޔާ ޕްރި-ސްކޫލް | އީޓީ ފައިލް ފޮޓޯ
ބަހިއްޔާ ޕްރި-ސްކޫލް | އީޓީ ފައިލް ފޮޓޯ

ބަހިއްޔާ ޕްރީސްކޫލް ހިންގަން އެއްވެސް ބަޔަކާ ހަވާލުނުކުރާ ކަމަށާއި އަދި އެއްވެސް ބަޔަކަށް ކުއްޔަަށްވެސް ނުދޭކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ނާޒްނީނާ ޔޫސުފް ވިދާޅުވި ގޮތުގައި ކައުންސިލުން ހަމައެކަނި ކުރާކަމަކީ އައިލެންޑާސް އެޑިޔުކޭޝަނާ ގުޅިގެން އިޤްރާގެ ކަރިކިއުލަމް ބަހިއްޔާ ޕްރީ ސްކޫލުގައި ކިޔަވައިދެނީ އެވެ.

“އިގްރާ” ކަރިކިއުލަމަކީ ރާއްޖޭގެ ގިނަ ޕްރީ ސްކޫލްތަކުގައި މިހާރު ކިޔަވައިދޭ ކަރިކިއުލަމަށްވުރެ ސްޓެންޑަޑް މަތި އަދި އިސްލާމް ދީނުގެ އިލްމު ކިޔަވައިދިނުމާ އެކު، ދިވެހި އިނގިރޭސި، ހިސާބު އަދި ސައިންސް ފަދަ މާއްދާތައް ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާފައިވާ ކަރިކިއުލަމެކެވެ. މި ކަރިކިއުލަމަށް ޕްރީސްކޫލް ހިންގާ ފަރާތްތަކާ، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަނީ ފްރެންޗައިސް އުސޫލުންނެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ފީ 500ރ އަށްބޮޑުކޮށް، އައިލެންޑާސް އެޑިޔުކޭޝަނާ ގުޅިގެން އިންޓަނޭޝަނަލް ޕްރީ ސްކޫލަކަށް ބަދަލުކޮށް ހިންގަން ރަށު ކައުންސިލުން ނިންމީ މިދިޔަ މާޗު މަހު އެވެ.
އެގޮތުން ޕްރީ ސްކޫލު ފްރެންޗައިޒް އުސޫލުން ހިންގުމަށް އައިލެންޑާސް އެޑިޔުކޭޝަނާއެކު އޭދަފުށީ ކައުންސިލުން މިހާރުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ބަހިއްޔާ ޕްރީ-ސްކޫލް އައިލެންޑާސް އެޑިއުކޭޝަނާ ގުޅިގެން ހިންގި ނަމަވެސް އެތަނުގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި މެއިންޓަނަންސް މަސައްކަތްތައް ބެލެހެއްޓުމާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ ރަށު ކައުންސިލުންނެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން “އިގްރާ” ގެ ކަރިކިއުލަމަށް ކޮންމެ މަހަކުވެސް 9000 ރުފިޔާ ކައުންސިލުން ދައްކަން ޖެހެއެވެ. މިހެންވެއްޖެނަމަ ކައުންސިލުން ކޮންމެ މަހަކުވެސް ބޮޑު ހަރަދެއް ކުރަން ޖެހޭނެ އެވެ.

އިގްރާގެ ކަރިކިއުލަމަށް ސްކޫލް ބަދަލުކުރުމުން ޓީޗަރުން ތަމްރީން ކުރުމާއި، ކްލާސްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމާއި ކުދިންނަށް ބޭނުންވާ ފޮތްތަކާއި ވޯކް ބުކްތަކާއި އެހެނިހެން ސާމާނު އިގްރާއިން ފޯރުކޮށްދެ އެވެ.

އޭދަފުށީ ކައުންސިލުން މިހާރު އަންނަނީ އައިލެންޑާސް އެޑިއުކޭޝަނާ ގުޅިގެން ބަހިއްޔާ ޕްރީ ސްކޫލު ހިންގަންފެށުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އެތަނުގަިއ ކިޔަވަިއދޭ ޓީޗަރުންނަށް މިހާރުވަނީ އިތުރު ތަމްރީން ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Anonymous

    ރަނގަޅު އެކަށީގެންވާ ފެންވަރެއްގަ ރަށުގެ ޕްރީ ސްކޫލް އުމުރު ކުދިންނއް ކިޔަވާ ދިނުމައް ކައުންސިލުން ތިކުރާ މަސައްކަތައް މަރުހަބާ ދަންނަވަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.