ވިއްސާރައާ ގުޅިގެން ބ.އަތޮޅުގެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

ބ.އޭދަފުއްޓަށް އިއްޔެ ވަރަށް ބޯކޮށް ވާރޭ ވެހެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ނ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 7:30 އިން 10:30 އާ ދެމެދަށެވެ

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރާ ގޮތުގތައި މި ސަރަހައްދުތަކަށް ގަޑިއަކު 30 – 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ އެވެ.

މިހާރު ކުރަމުންދާ ހުޅުނގު މޫސުމުގެ ވިއްސާރައިގެ ތެރެއިން ބ:އޭދަފުށި | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ޔެލޯ އެލާޓް ނެރެނީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ކަނޑުދަތުރުތައް ނުކުރުމަށް އެންގުމަށެވެ. އެހެން ކަމުން މި ސަރަހައްދު ތަކުގައި ކަނޑު ދަތުރު ނުކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް މެދު ރާއްޖެތެރެ އަށާއި އުތުރަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހި އަދި ކަނޑުތައް ވެސް ގަދަވާާނެ ކަމަށެވެ.

މިދިޔަ ހަފުތާއިން ފެށިގެން ކުރަމުން އަންނަ ވިއްސާރާގައި ގަދަ ވަޔާއި ވިއްސާރައާ އެކު ބައެއް ރަށްރަށަށް ވެސް ވަނީ ގެއްލުންތައް ލިބިފަ އެވެ. އަދި ކަނޑު ގަދަވެ ބައެއް އުޅަނދުތައް އަޑިއަށް ގޮސްފައިވާއިރު، އެކި ހާދިސާތައް ހިނގަމުންދާ ކަމުގެ ރިޕޯޓްތައްދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.