އުރީދޫން އެންމެފަހުގެ ސެމްސަންގް ފޯން ވިއްކަން ފަށައިފި

 

ސެމްސަންގް ގެލެކްސީ އެސް8 އާއި ސެމްސަންގް ގެލެކްސީ އެސް 8 ޕްލަސް ގަންނަ މީހުންނަށް ޚާއްސަ ޕެކޭޖްތަކެއް އުރީދޫން ތައާރަފްކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯނާ އެކު 36 ޖީބީގެ ހިލޭ ޑޭޓާ ލިބޭ ޕެކޭޖެކެވެ.

އުރީދޫން ހަމަޖައްސާފައި ވަނީ ފޯނު ގަތުމަށްޓަކައި ފުލް ޕޭމަންޓް ދައްކާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރުގެ މުއްދަތަށް މަހަކު ތިން ޖިބީ ޑޭޓާ ލިބޭ ގޮތަށެވެ.

އެ ކުންފުނިން އެސް 8 ފޯނެއް ވިއްކަނީ 12,499ރ. އަށެވެ. އަދި ސެމްސަންގް ގެލެކްސީ އެސް 8 އެއް ވިއްކަނީ 13،499ރ. އަށެވެ. އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ފޯނު ގަންނަ ފަރާތްތަކަށް އެއް އަހަރަށް ބަހާލައިގެން މަހަކު 900ރ. ދެއްކޭ ޕްލޭނެއް ވެސް ތައާރަފްކޮށްފައިވެ އެވެ. އެ ޕްލޭންގެ ދަށުން 2،000ރ. ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށް ފަހު ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ޕެކޭޖް ނަގާ ކަސްޓަމަރުންނަށް އެސް8 ފޯނެއް މަހަކު 900ރ. ދައްކާ ގޮތަށް ދޫކުރެ އެވެ. އަދި އެސް8 ޕްލަސް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މަހަކު 1،000ރ ދައްކާ ގޮތަށް ދޫކުރެ އެވެ.

އުރީދޫން ބުނީ ފުލް ޕޭމަންޓް ޕްލޭނާ އެއްގޮތަށް އިންސްޓޯލްމަންޓް ޕްލޭން ބޭނުންވާ ކަސްޓަމަރުންނަށް ވެސް އެއް އަހަރުގެ މުއްދަތަށް، މަހަކު ތިން ޖިބީ ޑޭޓާ ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.