ތައުލީމީ މަރުކަޒުގެ 11 ދަރިވަރަކަށް ޓޮޕް އެޗީވާސް އެވޯޑް

އޭލެވެލް ޓޮޕް ޓެންގަިއ ހިމެނުނު ތައުލީމީ މަރުަކޒުގެ ބައެއް ދަރިވަރުން ޕްރިންސިޕަލާއެކު: ފޮޓޯ : އަބޫ ޔައުލާ

މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 11 ދަރިވަރުން ދަރިވަރުން ހިމެނިއްޖެ އެވެ.

އޭ ލެވެލްގެ ގަދަ ދިހައެއް އިއުލާން ކުރުމަށް ދަރުބާރު ގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކުވަނީ އެ އިމްތިހާނުގެ އެއް ވަނަވެސް ހޯދައިފަ އެވެ. އެއީ އޭދަފުށީ އިރުދޭމާގެ އިޒުހާތު ޝަމީމު އެވެ.

މީގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ޝަހުދާ ވަނީ ބިޒްނަސް ސްޓަޑީޒް މާއްދާއިން މުޅި ދުނިޔެއިން އެއްވަަނަ ހޯދައިގެން ދުނިޔޭގެ ގަދަ 10 ގައި މިދިޔަ އަހަރު ހޮވުނު ދިވެހި އަށް ދަރިވަރުންގެ ތެރޭގައިވެސް ހިމެނިފަ އެވެ.

ޝަހުދާއަށް ޓްރޮފި ހަވާލުކޮށްދެނީ. ޝަހުދާ ވަނީ ބިޒްނަސް ސްޓަޑީސް މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައި: ފޮޓޯ / ޝަން

މިއީ މިހާތަނަށް އޭ ލެވެލް އިންތިހާނުން އެ މަރުކަޒުގެ ދަރިވަރަކު ދުނިޔޭއިން އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ. އަދި ގިނަ ދަރިވަރުންތަކެއް އޭލެވެލް ގަދަ ދިހައެއްގައި ހިމެނުމުގެ ފުރަތަމަ ފަހަރެވެ.

2015 ވަނަ އަހަރު ޓޮޕް ޓެންގައި ހިމެނުނީ އެ މަރުކަޒުގެ 7 ދަރިވަރުންނެވެ.

އޭލެވެލް ގަދަ 10 ގައި ހިމެނުނު ތައުލީމީ މަރުކަޒުގެ ދަރިވަރުން

އިޒްހާތު ޝަމީމު، އިރުދެމާގެ / ބ. އޭދަފުށި (1 ވަނަ)
ފާތުމަތު ޒަހުރާ، އަލިފަށުއިގެ / ހއ. ހޯރަފުށި (2 ވަނަ)
އައިޝަތު ޝަހުދާ، އަނޯނާގެ ބ / ބ. އޭދަފުށި (2 ވަނަ)
އައިޝަތު މަހާ، ނާޒް / ބ. އޭދަފުށި (5 ވަނަ)
އައިމިނަތު ޝީނީޒް، ހަލީމާހައުސް / ބ. އޭދަފުށި (6 ވަނަ)
ތޮލާލު ނަސީރު، ފުރެސްކޯ / ބ. ކުޑަރިކިލު (6 ވަނަ)
އައިޝަތު ނަސްމާ، ރޯޝަނީގެ / ބ. ކިހާދޫ (6 ވަނަ)
ޝަފާއު ދާއޫދު، ނޫރު / ބ. ހިތާދޫ (8 ވަނަ)
އައިމިނަތު އިމާލާ / ކިނބިގަސް / ރ. އިނގުރައިދޫ (8 ވަނަ)
ބަޝިރާ އބްރާހީމް، ތުނިވެލި / ބ. އޭދަފުށި (8 ވަނަ)
ހުސައިން ޒަހްވާން، ޒަމާލިކް / މ. މަޑުއްވަރި (10 ވަނަ)

މީގެ އިތުރުން މާލޭ ސްކޫލުތަކުގައި މިދިޔަ އަހަރު އޯލެވެލް ނިންމި މިއަތޮޅަށް ނިސްބަތްވާ ކުދިން އޯލެވެލް ޓޮޕްޓެން ގައި ހިމެނިފައިވެ އެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން ގަދަ 10 ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މަތީ ސާނަވީ އިމްތިހާނުން ފާސްވާ ދަރިވަރުންނާއި ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާއިރު، ރާއްޖޭގެ ތައުލީމީ ފެންވަރު ކުރިއަރަމުން އަންނަކަން ފާހަގަކޮށްލެވޭ ކަމަށެވެ.

ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރާއި ސްކޫލުތަކުން ކުރާ މަސައްކަތް ނަތީޖާތަކުން ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރުން ހޯދި ފަޚްވެރި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.