ބަހިއްޔާ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ބަހިއްޔާ ޕްރި-ސްކޫލް | އީޓީ ފައިލް ފޮޓޯ

އޭދަފުށީ ކައުންސިލުން ބިޑް ކުރުމަކާ ނުލައި ބަހިއްޔާ ޕްރީ ސްކޫލުން ހިންގަން އައިލެންޑާސް އެޑިޔުކޭޝަނަށް ދިން ކަމަށް ބުނާ މައްސަލަ ބަލައިދޭން އަމިއްލަ މީހަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި އަމިއްލަ މީހަކު މި މައްސަލަ އޭސީސީއަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ބަހިއްޔާ މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތުން ބުނީ ބަހިއްޔާ ޕްރީ ސްކޫލު ހިންގަން އައިލެންޑާސް އެޑިޔުކޭޝަނާ އޭދަފުށީ ކައުންސިލުން ހަވާލުކޮށްފައިވަނީ އެއްވެސް ބިޑުކުރުމަކާ ނުލައި އަދި ރައްޔިތުންގެ މާލިއްޔާއަށް ކޮންމެ މަހަކުވެސް ބޮޑު ގެއްލުމެއްވާ ގޮތަށް ކަމަށެވެ.

އެހެންވެ މައްސަލަ ބަލައިދޭން އޭސީސީގައި އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

އިންޓަނޭޝަނަލް ޕްރީ ސްކޫލެއްގެ ގޮތުގައި ހިންގަން އިއުލާން ކުރުމަކާ ނުލައި ބަހިއްޔާ އަމިއްލަ ފަރާތަކަށް ދިން މައްސަލަ ބަލައިދޭން އޭސީސީގައި އެދިފައިވާއިރު، އޭދަފުށީ ކައުންސިލުން ބުނީ ބަހިއްޔާ ޕްރީ ސްކޫލު ހިންގަން އެއްވެސް ބަޔަކާ ހަވާލުނުކުރާ ކަމަށާއި ކައުންސިލުން ހަމައެކަނި ކުރާކަމަކީ އައިލެންޑާސް އެޑިޔުކޭޝަނާ ގުޅިގެން އިޤްރާގެ ކަރިކިއުލަމް އެ ސްކޫލުގައި ކިޔަވައިދެނީ ކަމަށެވެ.

އަދި ބަހިއްޔާ ޕްރީސްކޫލް އިންޓަނޭޝަނަލް ކޮށް ޕްރީސްކޫލް ޚިދުމަތް ދިނުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށްވެސް ރަށު ކައުންސިލުން ބުނެ އެވެ.

އެކަމަކު އީޓީ އަށް އެނގިފައިވާ ގޮތުގައި އަމިއްލަ ކޮލެޖަކުން ބަހިއްޔާ ޕްރީ ސްކޫލް އިންޓަނޭޝަނަލް ކޮށް ޕްރީ ސްކޫލުގެ ހިދުމަތް ދިނުމަށް މިދިޔަ އަހަރުވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އޭދަފުށީ ކައުންސިލުން މިހާރު އަންނަނީ އައިލެންޑާސް އެޑިއުކޭޝަނާ ގުޅިގެން ބަހިއްޔާ ޕްރީ ސްކޫލު ހިންގަންފެށުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އައިލެންޑާސް އެޑިޔުކޭޝަނާ ގުޅިގެން ބަހިއްޔާ ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެތަނުގައި ކިޔަވައިދޭ ޓީޗަރުންނަށް މިހާރުވަނީ އިތުރު ތަމްރީންވެސް ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.