އުރީދޫން ވާވޭ ޕީ10 ސީރީސްގެ ފޯން ތައާރަފްކޮށްފި

ވާވޭގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ވާވޭ ޕީ10 ސީރީސްގެ ފޯނުތައް މިރޭ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އުރީދޫ އާއި ވާވޭ އާއި ގުޅިގެން މިރޭ ބޭއްވި ހާއްސަ ހަފްލާގައި، ދުނިޔޭގެ އެކިހިސާބުތަކުގައި މަގްބޫލުކަން ހޯދަމުންދާ ވާވޭ ޕީ10 އަދި ޕީ10 ޕްލަސް ބައްލަވައިގަތުމަށް، އުރީދޫ އިން ވަނީ ވަރަށް ހާއްސަ ޕެކޭޖްތަކެއްވެސް ތައާރަފް ކޮށްފައެވެ.

ސްޕެސިފިކޭޝަންތައް

ވާވޭ ޕީ10ގެ ފަންވަރާއި ކުލަ އިތުރަށް ފުރިހަމަކޮށްދޭ ޑައިމަންޑް ކަޓް ފިނިޝިންގެ ސަބަބުން، މި ފޯނުގެ ޑިޒައިން ވަނީ ސްމާޓްފޯން އިންޑަސްޓްރީގައި އާ ކުރިއެރުންތަކެއް ހޯދާފައެވެ.

އަލަށް ތައާރަފްކޮށްފައިވާ ލެއިކާ ޑުއަލް ކެމެރާ 2.0 ގައި ހިމެނޭ 20 މެގަޕިކްސެލްގެ މޮނޮކްރޯމް ސެންސަރާއި، 12 މެގަޕިކްސެލްގެ އާރްޖީބީ ސެންސަރުގެ އެހީގައި ޕީ10 އިން އެންމެ ފުރިހަމަކަމާއިއެކު ފޮޓޯތައް ނެގުމަށް ބޭނުންކުރެވޭ ހާއްސަ ފީޗަރުތަކުގެ ތެރޭގައި 3ޑީ ފޭޝަލް ޑިޓެކްޝަން، ޑައިނަމިކް އިލޫޝަންތައް، އަދި ނެޗުރަލް ޕޯޓްރެއިޓް އެންހޭންސްމެންޓު ހިމެނެއެވެ. ޕީ10ގެ ލެއިކާ ކުރިމަތީ ކެމެރާ މެދުވެރިކޮށް ކުރީގެ ފޯނުތަކަށްވުރެ ދެގުނައަށް އަލި ފޯރުކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން، ދުވާލު ނުވަތަ ރޭގަނޑުކަމުގައި ވިޔަސް، ވަރަށް ޗާލު ފޮޓޯ ނުވަތަ “ސެލްފީ” ނަގާލެވޭނެއެވެ. ހުއާވޭ ޕީ10ގެ ލެއިކާ ޑުއަލް ކެމެރާ 2.0ގައި އެފް2.2 އެޕާޗަރގެ ދެ “ސަމަރިޓް-އެޗް” ލެންސް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، 4ކޭ ވީޑިއޯ، އޮޕްޓިކަލް އިމޭޖް ސްޓޭބަލައިޒޭޝަން، އަދި ސުޕީރިއާ ލޯ ލައިޓް ފޮޓޯގްރަފީ ފަދަ ފީޗަރތަށް ވަނީ ޕީ10 އަށް ލިބިފައެވެ.

މެޝިން ލާރނިންގް ފީޗަރުގެ އިތުރުން، އަލްޓްރާ ފާސްޓް ކިރިން 960 ޕްރޮސެސަރ އެއް މެދުވެރިކޮށް ވާވޭގެ ޕީ10 ފޯނުތަކުން ލިބޭ ތަޖުރިބާ އަށް ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ހޯދާފައެވެ. ހަމައެއާއި އެކު، ވަރަށް ފުރިހަމަގޮތުގައި ފޯނުގެ މެމަރީ މެނޭޖްކޮށްދޭ ވާވޭގެ އަލްޓްރާ މެމަރީ ޓެކްނޮލޮޖީ މެދުވެރިކޮށް، އެޕްތައް ލޯޑުކުރުން ވަނީ ކުރިއަށްވުރެ މާ އަވަސް ވެފައެވެ.

ވާވޭގެ ސުޕާރ ޗާޖް ޓެކްނޮލޮޖީ މެދުވެރިކޮށް، ވާވޭގެ އެންމެ ފަހުގެ ސްމާޓްފޯން، ވަރަށް އަވަހަށް ޗާޖު ކޮށްލެވެއެވެ.

ފޯނުގެ އަގާއި އެވެއިލަބިލިޓީ

އުރީދޫ އިން ތައާރަފްކޮށްފައިވާ ހާއްސަ ޕެކޭޖާއި އެކު، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭނެއެވެ. އަދި މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 2 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ. ވާވޭ ޕީ 10 8،299ރ އަށް ވިއްކާއިރު ވާވޭ ޕީ 10 ޕްލަސް ވިއްކަނީ 9،899.00 އަށެވެ.

ހަމައެއާއި އެކު، މަހަކު އެންމެ 650 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ޕީ10 ސީރީޒްގެ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ. މި ޕްލޭން ޚާއްސަކުރެވިފައިވަނީ ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.

އުރީދުން ބުނި ގޮތުގައި އިންސްޓޯލްމަންޓް ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 2 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.
25 މޭ 2017 އިން ފެށިގެން، އުރީދޫ އެކްސްޕީރިއަންސް ސެންޓަރ މާލެ އަދި ހުޅުމާލެއިން ވާވޭގެ ޕީ10 އަދި ޕީ10 ޕްލަސް ބައްލަވައިގަނެވޭނެއެވެ. ހަމައެއާއިއެކު، ކުރިއަށް އޮތް ހަފްތާތެރޭގައި، ރާއްޖޭގެ އެހެން ހިސާބުތަކުގައިވާ އުރީދޫގެ އައުޓްލެޓްތަކުން މިފޯނުތައް ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.