މިސްކިތުގެ މަސައްކަތް ރޯދަ އަށް މެދުކަނޑާލައި، އެއްކޮށް ހުޅުވައިފި

ހުކުރު މިސްކިތުގެ ސީލިން އާކޮށްފައި. ސީލިން އާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ރޯދައަށް މެދުކަނޑާލާފައި. ފޮޓޯ/ރާއިފް ޔުސުފް

 

ސީލިން އާ ކުރަމުން އަންނަ އޭދަފުށީ މަސްޖިދިލް ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) ގެ މަސައްކަތް ރޯދަމަހަށް މެދުކަނޑާލައި، މިސްކިތް އެއްކޮށް ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ މިއަދުން ފެށިގެން ހުކުރު މިސްކިތް އެއްކޮށް ހުޅުވާލާފައިވާ އިރު، ރޯދައިގެ ފަހުން ސީލިން އާ ކުރުމުގެ ނުނިމި އޮތް ބައިގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

މިސްކިތު ސީލިން މަރާމާތު ކުރުމުގެ މަސައްކަތް ރަށު ކައުންސިލުން ކުރިއަށް ގެންދަނީ މިސްކިތުގެ އެއްފަޅި ބަންދު ކޮށްގެންނެވެ. ރޯދައަށް މަސައްކަތް މެދު ކަނޑާލިއިރު މިސްކިތުގެ އެތޭރެގެ ދެ ފަރާތް އެއްކޮށް ސީލިން އާކޮށް ވަނީ ނިންމައިފަ އެވެ.

ރިޒާ ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދަނީ މިސްކިތުގެ ކާޕެޓް ދޮވުމުގެ މަސައްކަތާއި ލައިޓްތަކާިއ ފަންކާތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.

ސީލިން އާ ކުރުމުގެ މަސައްކަތުގެ ތެރެއިން ވަނީ މިސްކިތް އޭސީވެސް ކޮށްފަ އެވެ.

 

ހުކުރު މިސްކިތުގެ ސީލިން އާކޮށްފައި. ސީލިން އާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ރޯދައަށް މެދުކަނޑާލާފައި. ފޮޓޯ/ރާއިފް ޔުސުފް

ރޯދަމަހަށް ހާއްސަކޮށް ސީލިން އާ ކުރުމުގެ މަސައްކަތް ރޯދައަށް ނިންމަން ކަނޑައެޅި ނަމަވެސް ކޮންޓްރެކްޓަރު ބުނި ގޮތުގައި މަސައްކަތް ރޯދައަށް ނުނިމި ލަސްވީ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވި ބައެއް ދަތިތަކާ ގުޅިގެން ގުޅިގެން ނެވެ. އެގޮތުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށްވެސް ކޮންޓްރެކްޓަރު ވަނީ ބުނެފަ އެވެ.

ހުކުރު މިސްކިތުގެ ސީލިން އާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރިނައުން ގްރޫޕުންނެވެ.

އޭދަފުށީ ހުކުރު މިސްކިތުގެ ސީލިން އާ ކުރަން ނިންމީ ސީލިން ވަތަށް ވަރަށް ބޮޑަށް ހަލާކުވުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.