އޭދަފުށީގައި އިމާމުވެ ތަރާވީސް ނަމާދު ކުރުމުގެ ހުއްދަ 11 އަހަރުގެ ކުޑަކުއްޖަކަށް!

އޭދަފުށީ ބޮޑު މިސްކިތުގައި މި އަހަރު ތަރާވީސް ނަމާދުކުރާ މުސްތަފާ: ގުރުއާން ހިތުދަސްކުރީ އެންމެ އަހަރެއް ތެރޭގައި. ފޮޓޯ/މިހާރު އޮންލައިން

ކުރިއަށް އޮތް ރޯދަމަހު ބ. އޭދަފުށީ ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު އިމާމުވެ ކުރުމުގެ ހުއްދަ އެންމެ 11 އަހަރުގެ ކުޑަކުއްޖަކަށް ދިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި އަންނަ ރޯދަމަހު މިރަށު ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނީ މީގެ ދެ އަހަރު ކުރިން ޤުރުއާން ކިޔެވުމުގެ ދާއިރާ އިިން ކުރިއަށް ދިއުމުގެ މަގުސަދުގައި އިންޑިއާއަށް އާއިލާއައެކު ދިރިއުޅުން ބަދަލުކުރި މިރަށު ޖަންބުމާގެ އާގޭ މުހައްމަދު މުސްތަފާ އެވެ. މުސްތަފާ ވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށްފައެވެ.

މުސްތަފާގެ ބައްޕަ މުހައްމަދު ނަޝީދު “މިހާރު” ނޫހާ ވާހަކަ ދައްކަމުން ބުނީ އެންމެ ކުޑައިރު ވެސް މުސްތަފާ އަންނަނީ ގުރުއާނަށް ވަރަށް ބޮޑަށް ލޯބިކުރަމުން ކަމަށެވެ. އެ އާއިލާގެ ދިރިއުޅުން އިންޑިޔާއަށް ބަދަލުކުރީ ވެސް ގުރުއާން ހިތުދަސްކުރަން އޭނާ ބޭނުންވެގެން ކަމަށް ނަޝީދު މީހާރު ނޫހަށް ބުނެފައިވެ އެވެ.

“ރަށު ސްކޫލުގައި ގްރޭޑް ތިނަކާ ހަމައަށް ކިޔެވީ. ދެން އޭނާ އަމިއްލައަށް މިބުނީ އިންޑިޔާއަށް ގެންދާށޭ، މިކޮޅުގައި ހުރެގެން ގުރުއާން ހިތުދަސްކުރަން އެހާ ފަސޭހައެއް ނޫނޭ،” ދަރިފުޅު އިމާމްވެ ތަރާވީހު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން މި ވަގުތު ރާއްޖެ އައިސް ހުރި ނަޝީދު މީހާރު ނޫހަށް ބުންޏެވެ.

“އިސްލާމް ދީނަށް ވަރަށް ލޯބިކުރާ ކުއްޖެއް އެއީ. ބަރާބަރަށް ނަމާދުކުރާނެ. ދަރުސްތައް އަޑުއަހައި އެ އެއްޗެހިތައް ހިތުދަސްކުރާނެ.”

ޓްރިވެންޑްރަމަށް 2015 ގައި ބަދަލުވެ، މުސްތަފާ ގުރުއާން ހިތުދަސްކުރީ ދާރުއްސަލާމް ހިފްޒުލް ގުރުއާން ކޮލެޖުންނެވެ.

ނަޝީދު ބުނި ގޮތުގައި އޭނާގެ ދަރިފުޅު ހުރީ ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގަ އެވެ.

އޭނާ ކިޔަވަމުން އަންނަ ކޮލެޖުގައި މިހާރު ވެސް އެހެން ބައެއް ދަރިވަރުންނަށް ފިލާވަޅު ނަގައިދީ، އެއްޗެހި އޮޅުންފިލުވައިދީ ހަދާކަން އޭނާގެ ބައްޕަ މިހާރު ނޫހަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވެ އެވެ.

މުސްތަފާގެ ކޮއްކޮއަކު ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.