އޭލެވެލް ގަދަ 10 ގައި ދެވަނަ އަށް އެންމެ ގިނައީ ތައުލީމީ މަރުކަޒުގެ ދަރިވަރުން

2016 ވަނަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން—ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރު ބޭއްވި އޭ ލެެވެލް އިމްތިހާނުގެ ގަދަ 10 ގައި ސީއެޗްއެސްއީ އަށްފަހު ދެން އެންމެ ގިނައިން ހިމެނިފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި 190 ދަރިވަރުން ހިމެނުނުއިރު، އޭގެ ތެރެއިން 125 ދަރިވަރުންނަކީ ސީއެޗްއެސްއީގެ ދަރިވަރުންނެވެ. ދެން އެއް ސްކޫލަކުން 11 ދަރިރުންނާއެކު އެންމެ ގިނަ ކުދިން ހިމެނިފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.

މާލޭގެ އެހެން ސްކޫލުތަކަށް ބަލާއިރު މިފަހަރުގެ އޭ ލެެވްލް ގަދަ 10 ގައި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 10 ކުދިން ހިމެނުނުއިރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭވެލެލް ޓޮޕް ޓެންގައި ހިމެނުނީ 9 ދަރިވަރުންނެވެ. އަދި މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލުންނާއި ބިލަބޮންގް ހައި އީޕީއެސް ސްކޫލުން ގަދަ ދިހައެއްގައި ހިމެނުނީ އެންމެ ދަރިވަރެކެވެ.

އަތޮޅުތެރޭގެ ބޮޑެތި ސްކޫތަކަށް ބަލާއިރު އައްޑޫ ހައި ސްކޫލުން 8 ދަރިވަރުން ހިމެނިފަިއވާއިރު ޏ. އަތޮޅު ތައުލީމީ މަރުކަޒުން އޭލެެވެލް ގަދަ 10 ގައި ހިމެނިފައިވަނީ 4 ދަރިވަރުންނެވެ. ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ނ. ކެނދިކުޅުދޫ ސްކޫލުން 3 ދަރިވަރުން ހިމެނުނުއިރު، ނ. މޭނާ ސްކޫލާއި ދ. އަތޮޅު ތައުލީމީ މަރުކަޒު އަދި ށ. މިލަންދޫ ސްކޫލުގެ ދެ ދަރިވަރުން އޭލެެވް ގަދަ 10 ގައި ވަނީ ހިމެނިފަ އެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން ތައުލީމީ މަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރު އަހްމަދު އަލީ ވިދާޅުވީ އެހާ މޮޅު ދަރިވަރުން އެ ސްކޫލުގައި އަބަދުވެސް ތައުލީމު ހާސިލުކުރަމުންދާ ކަމަށާއި، ގަދަ 10 ގައި ހިމެނޭ ކުދިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވެގެން ދިއުމަކީ އަބަދުވެސް ކުރާ އުއްމީދެއް ކަމަށެވެ.

ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން ތައުލީމީ މަރުކަޒުގެ ދަރިވަރަކު ވަނީ ޓޮޕް ޓެންގެ އެއްވަނައިގައި ވެސް ހިމެނިފަ އެވެ. އަދި ދުނިޔޭގެ އެތައް ލައްކަ ދަރިވަރުންނާ ވާދަކޮށް އެ ސްކޫލުގެ ދަރިވަރަކު ވަނީ އޭލެވެލް އިމްތިހާނުގެ ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން އެއްވަނަ ވެސް ހޯދައިފަ އެވެ.

އޭލެވެލް ޓޮޕް ޓެންގަިއ ހިމެނުނު ތައުލީމީ މަރުަކޒުގެ ބައެއް ދަރިވަރުން ޕްރިންސިޕަލާއެކު: ފޮޓޯ : އަބޫ ޔައުލާ

އޭލެވެލް ގަދަ 10 ގައި ހިމެނުނު ތައުލީމީ މަރުކަޒުގެ ދަރިވަރުން

އިޒްހާތު ޝަމީމު، އިރުދެމާގެ / ބ. އޭދަފުށި (1 ވަނަ)
ފާތުމަތު ޒަހުރާ، އަލިފަށުއިގެ / ހއ. ހޯރަފުށި (2 ވަނަ)
އައިޝަތު ޝަހުދާ، އަނޯނާގެ ބ / ބ. އޭދަފުށި (2 ވަނަ)
އައިޝަތު މަހާ، ނާޒް / ބ. އޭދަފުށި (5 ވަނަ)
އައިމިނަތު ޝީނީޒް، ހަލީމާހައުސް / ބ. އޭދަފުށި (6 ވަނަ)
ތޮލާލު ނަސީރު، ފުރެސްކޯ / ބ. ކުޑަރިކިލު (6 ވަނަ)
އައިޝަތު ނަސްމާ، ރޯޝަނީގެ / ބ. ކިހާދޫ (6 ވަނަ)
ޝަފާއު ދާއޫދު، ނޫރު / ބ. ހިތާދޫ (8 ވަނަ)
އައިމިނަތު އިމާލާ / ކިނބިގަސް / ރ. އިނގުރައިދޫ (8 ވަނަ)
ބަޝިރާ އބްރާހީމް، ތުނިވެލި / ބ. އޭދަފުށި (8 ވަނަ)
ހުސައިން ޒަހްވާން، ޒަމާލިކް / މ. މަޑުއްވަރި (10 ވަނަ)

މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލުން ގަދަ 10 ގައި ހިމެނުނު އޭދަފުށީ ރަންގަލި ފާތުމަތު މަހާ އަށް ޓްރޮފީ ހަވާލުކޮށްދެނީ.

މާލޭ ސްކޫލުތަކުން ގަދަ 10 ގައި ހިމެނެނު ބ. އަތޮޅު ދަރިވަރުން

ފާތުމަތު މަހާ، ރަންގަލި / ބ. އޭދަފުށި (މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލް)
ފާތުމަތު ފައިނާން ވަހީދު، ތަނޑިރަތްމާގެ / ބ. އޭދަފުށި (ސީއެޗްއެސްއީ)
މުހައްމަދު ނާޒިހު ޝުޖާއު، މާތިލަ / ބ. އޭދަފުށި (ސީއެޗްއެސްއީ)
އަހްމަދު ޖަވާދު، ހީރާ / ބ. ހިތާދޫ (ސީއެޗްއެސްއީ)
ފިރުޝާނާ ނަސީރު، ރަންގަލި / ބ. ގޮއިދޫ (ސީއެޗްއެސްއީ)
ޒާއިން މުހައްމަދު، މައިޒާން / ބ. ހިތާދޫ (ސީއެޗްއެސްއީ)
އިރުނާއު ޝަރީފް، ދޭލިޔާގެ / ބ. ތުޅާދޫ (އަހްމަދިއްޔާ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.