އޮފީސްތަކުގެ މުވައްޒަފުންގެ ބޮޑު މާހެފުމެއް ބާއްވައިފި

އޮފީސްތަކުގެ މުވައްޒަފުން ގުޅިގެން ރޭ ބޭއްވި މާހެފުމުގަިއ ބައިވެރިވި ބައެއް މީހުން

ބ. އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުން ގުޅިގެން ބޮޑު މާހެފުމެއް ރޭ ބާއްވައިފި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ރޭ 8:30 އިން 10:00 އަށް މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި މާހެފުން ޝަރަފުވެރިކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް އެވެ.

މާހެފުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ އޮފީސްތައް ގުޅިގެން މިފަދަ ބޮޑު މާހެފުމެއް އިންތިޒާމުކޮށްފައިވާތީ ހުރިހާ އޮފީސްތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާ ކޮށްފަ އެވެ.

އޮފީސްތަކުގެ މާހެފުމުގައި ބައިވެރިވި މުވައްޒަފުން

ބަރަކާތްތެރި ރަމަޟާން މަަހަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި، ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ އެއްބައިވަންތަކަން އާލާ ކުރުމުގެ ގޮތުން ބޭއްވި މި މާހެފުމުގައި އޮފީސް އަދި ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.

ރޯދަމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ވަކިވަކިން އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ވެސް ކޮންމެ އަހަރަކުވެސް މާހެފުން ދަނީ ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.