ދިރާގުން މުޅިން އެއްކޮށް ރީބްރޭންޑްކޮށް މުސްތަގްބަލަށް ފުރިހަމައަށް ތައްޔާރު

ދިރާގުންވަނީ ކުންފުނީގެ މައިގަނޑު ކުލައަކަށް އޮރެންޖް ހިޔާރުކޮށް މުޅިން އާ ލޯގޯއެއް ތައާރަފްކޮށްފައެވެ.

ދިރާގުން ބުނީ ޒަމާނީ ވިސްނުމާއި، އުޖާލާ މުސްތަޤްބަލަކާއި އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ދިރާގުގެ މިބްރޭންޑް ކަށަވަރުކޮށްދެނީ ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ނުވަތަ ލައިފްސްޓައިލް ޑްރިވަން ޑިޖިޓަލް ސާވިސަސް ޕްރޮވައިޑަރެއްކަމެވެ.

ދިރާގުން ބުނި ގޮތުގައި “ޓޭކް އޮން ޓުމޯރޯ” ނުވަތަ “މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު” މި ޝިޔާރު ހިޔާރުކޮށް، މި ބްރޭންޑިންގަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ސިގްނަލްކޮށްދޭ ބަދަލެކެވެ.

“ދުވަހަކަށް ވުރެ ދުވެހެއް ޓެކްނޮލޮޖީ އަންނަނީ ދިވެހިންގެ އިޖްތިމާއި އަދި އިގްތިސާދީ ހަޔާތުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. މުއާސަލާތު، ވިޔަފާރި، މުނިފޫހި ފިލުވުން އަދި ތައުލީމަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމްގެ މައްޗަށް ބިނާވެފައިވާ ބައެއް ދާއިރާތަކެވެ. ދިރާގުގެ މަޤްސަދަކީ ކަސްޓަމަރުން ބާރުވެރިކޮށް މި ޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ،” ދިރާގުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ތައާރަފްކުރި އާ ބްރޭންޑްގެ މަޤްސަދަކީ، ދިރާގުން ބުނިގިތުގައި ގުޅުން ބަދަހިކުރުމާއި، ބާރުވެރިކުރުމާއި އިނޮވޭޓްކުރުމަށް ހިތްވަރުދިނުމެވެ. ދިރާގަކީ ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.

ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަން މި އާބްރޭންޑުންވެސް ކަށަވަރުކޮށްދެ އެވެ.
ދިރާގު. ޓޭކް އޮން ޓުމޯރޯ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.