ގެދޮރު ގަތުމަށް އެންމެ ރަގަޅު ފައިނޭންސިން ސްކީމް ބީއެމްއެލް އިސްލާމިކްއިން ތައާރަފްކޮށްފި

އިސްލާމިކް ފައިނޭންސްގެ ރާއްޖޭގެ އެންމެ ކުޑަ ލީސިންގް ރޭޓްގައި ގެދޮރު ގަތުމަށް ފައިނޭންސިން ސްކީމް ބީއެމްއެލް އިސްލާމިކް އިން މިއަދު ތަޢާރަފްކޮށްފި އެވެ.

އެ ބޭންކުން ބުނި ގޮތުގައި ބީއެމްއެލް އިސްލާމިކް އާ ބައިވެރިވެގެން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް އާ އެޕާޓްމެންޓެއް ނުވަތަ ގެޔެއް ގަންނަން ބެނުންވާ އަމިއްލަ ފަރާތްތަކަށާއި އާއިލާތަކަށް ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮޑަކްޓް ތަޢާރަފް ކުރުމަށް ބީއެމްއެލް އިސްލާމިކްގެ ހެޑް ކުއާޓަރޒްގައި އޮތް ނޫސްވެރިންގެ ބައްދަލުގައި ބީީއެމްއެލް އިސްލާމިކްގެ ޑިރެކްޓަރު ޒުލްޤަރްނައިން ތަމަން ވިދާޅުވީ އަމިއްލަ ގެދޮރުވެރި ބަޔަކަށް ވުމަށް މަސައްކަތްކުރަމުންދާ އާއިލާތަކާއި އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ޕްރޮޑަކްޓެއް އާންމުންނަށްތައާރަފްކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް ކަމަށެވެ.

“ގިނަ އަދަދެއްގެ އަޕާޓްމަންޓް އަދި ރޯހައުސްތައް މިދުވަސްވަރު ރާއްޖޭގައި ދަނީ އަޅަމުން، އަދި މިއަދު މިއިއުލާން ކުރެވުނު ޕްރޮޑަކްޓް ވެގެންދާނީ ޝަރީއާ ހަމަތަކަށް ފެތޭ އަދި މާކެޓްގައި މިވަގުތު އެންމެ ކުޑަ ރޭޓްގައި ގެދޮރު ގަތުމަށް ބޭނުންވެފައި ތިބި ކަސްޓަމަރުންނަށް ލިބޭ އުފާވެރި ޚަބަރަކަށް،”

ބީއެމްއެލް އިން ބުނި ގޮތުގައި މިއީ އިސްލާމީ ޝަރީއާ ހަމަތަކަށް ފެތޭ ގޮތަށް ބޭންކުން ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ހައުސިން ފައިނޭންސިންގ ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ ފަހުގެ ޕްރޮޑަކްޓް އެވެ.

މިއަހަރުގެ ކުރީކޮޅު ބޭންކުން ވަނީ ރާއްޖޭގައި މިވަގުތު ދޫކުރާ އެންމެ ކުޑަ ލީސިންގ ރޭޓާ އެކު ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިންގ ފެސިލިޓީސް ތަޢާރަފްކޮށްފަ އެވެ. ގެދޮރު އިމާރާތްކުރުމަށް ފަންޑް ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ ބަޔެއްގެ ތަރުހީބު މި ޕްރޮޑަކްޓްތަކަށް ލިބެމުންދާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ބީއެމްއެލް އިސްލާމިކް ފަރުމާ ކޮށްފައިވަނީ އިސްލާމީކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތީންނެވެ. ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ބީއެމްއެލް އިސްލާމިކް ހިންގަމުންދަނީ އިސްލާމިކް ފައިނޭންސްގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއެކު އެކުލަވާލާފައިވާ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ބީއެމްއެލް އިން ބުނީ މާލޭ ކަސްޓަމްސް ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކްގެ މާލޭ ބްރާންޗުން މިއަދުން ފެށިގެން ހޯމް ޕާރޗޭސް ފައިނޭންސްއަށް އެދޭ ފޯމު ބަލައިގަންނަމުންދާނެ ކަމަށެވެ. އަދި މާލޭން ބޭރުގައި ހުރި ބީއެމްލްގެ ހުރިހާ ބްރާންޗަކުންވެސް މި ފޯމް ބަލައިގަންނަމުންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.