އަގުބޮޑު އިނާމުތަކާއެކު އުރީދޫ ރޯދަ ޕްރޮމޯޝަން ފަށައިފި

މި އަހަރުގެ ރޯދަމަހާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް އަގުބޮޑު އިނާމްތަކާއެކު ޚާއްސަ ޕްރޮމޯޝަނެއް މިއަދު ތައާރަފް ކޮށްފި އެވެ.

މި ޕްރޮމޯޝަންގައި އުރީދޫގެ ކަސްޓަމަރުންނަށް މާދަމާ އިން ފެށިގެން އަގުހުރި އިނާމްތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ކޮންމެ ހަފުތާއަކު ލިބޭ ލަކީ ޑްރޯއަކާއި ވަގުތުން އިނާމް ލިބޭ ޕްރޮމޯޝަނަކާއި ޚާއްސަ ހެޔޮ އަގެއްގައި ރާއްޖެ އިން ބޭރަށް ގުޅުމުގެ ފުރުސަތުގެ އިތުރުން މުނިފޫހިފިލުވުމުގެ ޚާއްސަ ހިދުމަތްތަކެއް ވެސް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ރޯދަމަހުގެ ކޮންމެ ހަފުތާއަކު ލަކީޑްރޯއެއް

އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އަގުވަޒަން ކުރުމުގެ ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް ލިބޭ މި ލަކީޑްރޯ އަކީ، އުރީދޫގެ ހުރިހާ އެކްޓިވް ކަސްޓަމަރުން ބައިވެރިކުރެވޭނެ ލަކީޑްރޯ އެކެވެ.

މި ޕްރޮމޯޝަންގައި އުރީދޫގެ ޚިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ޚިދުމަތް ހޯދާ ކަސްޓަމަރުން ވެސް ހިމެނޭނެ އެވެ. އަދި ކޮންމެ ހަފުތާއެއްގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ހުޅުލޭ އައިލެންޑް ހޮޓަލުން ހަތަރު މީހުންގެ ރޯދަ ވީއްލުމުގެ އިތުރުން އަގުހުރި އިނާމެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ޕްރޮމޯޝަންގައި ދިނުމަށް ހަމަޖެހިފައިވާ އަގުހުރި އިނާމްތަކުގެ ތެރޭގައި ބަދިގެ ސެޓު، ހޯމް ތިއޭޓަ ސިސްޓަމް، ބައިސިކަލް، އަދި ސެމްސަން ގެލެކްސީ އެސް8 ވެސް ހިމެނެ އެވެ.

ހުރިހާ ކަސްޓަމަރުންނަށް ވަގުތުން ލިބޭ އިނާމުތަކެއް

އެ ކުންފުނިން ބުނީ މި ރޯދަމަހު އުރީދޫގެ ހިދުމަތްތައް ބޭނުންކޮށްގެން ފައިދާހުރި އިނާމުތައް ލިބޭނެ ކަމަށެވެ. އެގޮތުން ރީޗާޖް ކުރުމުން ނުވަތަ އެމް ފައިސާ އަށް ރެޖިސްޓަ ކުރުމުން ކަސްޓަމަރުންނަށް ގިފްޓް ކޯޑެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ގިފްޓް ކޯޑު އެސްއެމްއެސް މެދުވެރިކޮށް “4433” އަށް ފޮނުވައިގެން ހިލޭ ޑޭޓާ އަދި އާއިލާ އާއި ރައްޓެހިންނަށް ކޯލް ކުރުމަށް ހިލޭ މިނިޓް ވެސް ލިބެ އެވެ.

އައިޑީޑީ އަދި ރޯމިންގް ހާއްސަ އަގުތަކެއްގައި

އުރީދޫ އިން ވަނީ މި ރޯދަމަހު ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދިނުމަށް “ސައުދީ ޕްލޭން 99″ގެ ނަމުގައި ހާއްސަ ޕްލޭނެއް މިއަދު ތައާރަފްކޮށްފަ އެވެ. ޖުމުލަ 99ރ. އަށް ލިބޭ އެ ޚާއްސަ ޕްލޭން މެދުވެރިކޮށް، އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބެ އެވެ. އަދި ސައުދީ ޕްލޭން އެކްޓިވް ނަމަ ހިލޭ މިނިޓް ބޭނުންކުރުމަށް ފަހު ވެސް މިނެޓަކު 2.99 ރ. އަށް ސައުދީ އަށް ގުޅާލެވޭނެ އެވެ. މި ޕެކޭޖް ބޭނުން ކުރުމަށް “SAUDI” ޖެހުމަށް ފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ *929*18# އަށް ގުޅާލުމުން ޕެކް އެކްޓިވޭޓްކުރެވެ އެވެ.
އުރީދޫން ވަނީ އެ ޕްލޭންގެ އިތުރުން ސައުދީ އަށް ރޯދަމަހު ދަތުރުކުރާ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ގައުމުގައި ރޯމިންގް ބޭނުންކުރާއިރު 30 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފަ އެވެ.

މުނިފޫހިފިލުވުމަށް އުރީދޫ ތިއޭޓަރު

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ތިއޭޓަ ޕެކޭޖާ އެކު، ހަންގާމާ ޕްލޭ އަދި އީރޯސް ނައު މެދުވެރިކޮށް 149ރ. ނުވަތަ 349ރ. އަށް ފަހުގެ ފިލްމުތައް ބަލާލެވޭނެ ގޮތް ހަމަޖައްސައިފަ އެވެ. އެ ޕެކް *929*19# އަށް ގުޅުމުން އެކްޓިވްކުރެވޭނެ އެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ހިދުމަތް

– އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯދުމަށް GO ޖެހުމަށްފަހު 4777 އަށް ފޮނުވުމުން އެއްވެސް ޗާޖެއް ނުކުރާނެ.
– ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ، “BuyTune ID” ޖެހުމަށްފަހު 4000 އަށް ފޮނުވައިގެން ހިލޭ ހޯދޭނެ.
– އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯދުމަށް، GOR ޖެހުމަށްފަހު 4546 އަށް ފޮނުއްވައިގެން ހިލޭ ހޯދޭނެ.
– އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ވެސް GOC ޖެހުމަށްފަހު 4546 އަށް ފޮނުވައިގެން ހިލޭ ހޯދޭނެ.

އުރީދީން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. ފިތުރު ޒަކާތް ދެއްކުމަށް *909# އަށް ގުޅުމުން އެއްވެސް އިތުރު އަގަކާއި ނުލައި ޒަކާތް ދެއްކޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.