ދިރާގު ރޯދަ ހަދިޔާ: ކޮންމެ ހަފްތާއަކު އުމްރާ ދަތުރު، ހިލޭ ގިނަ ހިދުމަތް

ކޮންމެ ހަފްތާއަކު ހިލޭ އުމުރު ދަތުރާއި، ހިލޭ ލިބޭ ތަފާތު ގިނަ ހިދުމަތްތަކަކާ އެކު ދިރާގުގެ ރޯދަ ހަދިޔާ މިއަދު އިއުލާން ކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ދިރާގުން ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައި މި އަހަރު އެންމެ ފާހަގަކޮށްލެވެނީ ކޮންމެ ހަފާއަކު ދެމީހަކަށް ލިބެ އުމްރާ ދަތުރެވެ. މީގެ އިތުރުން ވެސް، ހިލޭ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރުމާއި ދީނީ އަޅުކަންކަމާ ގުޅިފައިވާ ބައެއް ޕްރޮމޯޝަންތައް ވެސް ރޯދަ ހަދިޔާގައި ހިމަނާފައިވެ އެވެ.

ކޮންމެ ހަފްތާއަކު ދެ މީހަކަށް ހިލޭ އުމްރާ ދަތުރެއް

“ދިރާގު ރަމަޟާން އުފާ” ގެ ނަމުގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އުމްރާ ދަތުރެއް ދިނުމަށްވަނީ ނިންމާފައެވެ.

ދިރާގުން ބުނި ގޮތުގައި ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ވެފައި މިފަދަ ހަދިޔާއަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ބަރަކާތްތެރި މައްސަރުގައި އަގުވަޒަންކުރެވޭނެ ފަދަ ހަދިޔާއެކެވެ.

ހިލޭ ސޯޝަލް މީޑިއާ ޕެކޭޖްސް

ދިރާގު ކަސްޓަމަރުންގެ ތެރެއިން ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެޕްލިކޭޝަންތައް ބޭނުން ކުރާ ފަރާތްތަކަށް މިއީ ބޮޑު އުފަލެއް ގެނެސް ދޭނެ މަހެކެވެ. ދިރާގު ރޯދަ ޕްރޮމޯޝަންގައި *123*8*2# އަށް ގުޅުމުން ކޮންމެ ހަފްތާއަކު ފޭސްބްކު، ޓްވިޓާ، ސްނެޕްޗެޓް، އިންސްޓަގްރާމް، ވަޓްސްއެޕް ނުވަތަ ޕިންޓްރެސްޓް މި 6 ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ކޮންމެވެސް އެއް އެޕެއް މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. ހަފްތާ ނިމުމުން ހަމަ އެ އެޕް ނުވަތަ އެހެން އެޕެއް ނެގުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ސޯޝަލް ޑޭޓާ ޕެކް އާއިލާ އާއި އެހެން ރަހުމަތްތެރިންނަށްވެސް ހަދިޔާ ކުރެވޭނެއެވެ.

ހުކުރު ދުވަސް “ވައިބާ” ހިލޭ

ވައިބާ އަކީ ރާއްޖޭގައި އެންމެ މަގުބޫލު މެސެޖިންގް އެޕެވެ. އެހެން ކަމުން ދިރާގުން މިވަނީ މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ވައިބާ ބޭނުންކުރުމަށް އެއްވެސް ޑޭޓާ ޗާޖެއް ނުނަގާގޮތަށް މުޅިން ހިލޭ ހަމަޖައްސާފައެވެ. ހިލޭ ވައިބާ އެކްޓިވޭޓް ކުރުމަށް ޖެހޭނީ *123*8*1# އަށް ގުޅާލާށެވެ.

ސައޫދީ އަށް ހެޔޮ އަގެއް

މި ރޯދަ މަހު ވެސް ސައޫދީ އަށް ގުޅުމަށް އެންމެ ހެޔޮ އަގު ލިބޭނެ ކަމުގެ ޔަގީންކަން ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދެ އެވެ. މި އަހަރުގެ ޕްރޮމޯޝަނުގައިވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.88 ރުފިޔާ އަށް ގުޅޭނެ އެވެ. މި އޮފާ ކުރިއަށް ދާނީ 27 މޭ 2017 އިންފެށިގެން 1 ޖުލައި 2017 ގެ ނިޔަލަށެވެ.

އަޅުކަންތަކަށް ފަސޭހަ މަގެއް

އަގުހުރި އިނާމުތަކެއްގެ އިތުރަށް ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަންތައް އަދާ ކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ހިދުމަތްތަކެއް ފޯރުކޮށްދީފަ އެވެ. އެ ގޮތުން، ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދޭނެ އެވ މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8*4# އަށެވެ.
މީގެ އިތުރުން، ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނ *123*8*3# އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

ރޯދަ މަސް މިއަދު ފެށުނުއިރު، ދިރާގުން މި ވަނީ ރޯދަ ހަދިޔާގެ ފައިދާ މިހާރުއްސުރެ ވެސް ލިބޭނެ ގޮތް ހަދާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.