އޭދަފުށިން ދީނީ ތިން ސުވާލު (2)

އޭދަފުށިން ދީނީ ތިން ސުވާލު – މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

  • ރޯދަމަހު ރޭޑިޔޯ އިނާމާއި ޓީވީން ވަރަށް ގިނައިން އެސްއެމްއެސް ފޮނުވާ އިނާމުލިބޭ ޕްރޮގްރާމުތައް އާދޭ. އެގޮތަށް އިނާމު ހޯދުމަކީ ކޮންކަހަލަ ކަމެއްތޯ؟
    ޖަވާބު: ރަނގަޅު ގޮތަކީ ދުރުހެލިވުން

 

  • ދަމު ނަމާދުކުރާ މީހަކު ތަރާވީހު ނަމާދަށްފަހު ވިތުރި ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
    ޖަވާބު: އިމާމު ވިތުރީގެ 3 ރަކުއަތް ކުރީމާ ތެދުވެ އިތުރު ރަކުއަތެއް ކުރާނީ. އަދި ދަމު ނަމާދުފަހުން ވިތުރި ކުރާނީ.

 

  • ރޯދައަށް ހުންނަން ނިޔަތް ނުގަނެ ހާރުވެސް ނުކައި ހުއްޓާ ފަތިސް ނަމާދަށް ބަންގި ގޮވައިފިނަމަ އެމީހަކު އެދުވަހު ހިފާ ރޯދަ ސައްހަ ވާނެތޯ؟
    ޖަވާބު: ފަރުޟު ރޯދައެއްނަމަ ރޭގަނޑު ނިޔަތް ގަންނަން ޖެހޭނެ

 

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.