އީޓީ ގެ ލައިވް ބައިލައްކައަށްވުރެ ގިނަ މީހުން ބަލައިފި

މި ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އޭދަފުށި މަސްޖިދު މުޢީނުއްދީންގައި ކުރި ތަރާވީޙް ނަމާދުގައި 11 އަހަރުގެ މުސްޠަފާ މުޙައްމަދު އިމާމްވެ ކުރި ބައިގެ ލައިވް ވީޑިއޯ މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ބަލައިފިއެވެ.

މިއީ “އީޓީ”ން ގެނެސްދިން ލައިވްއެއް މިހާ ގިނަ ބަޔަކު ބެލި ފުރަތަމަ ފަހަރެވެ. އޭދަފުށްޓަށް އުފަން މުސްތަފާ އިމާމްވެ ތަރާވީހް ނަމާދުކުރާ މަންޒަރު ވަގުތުން މުޅި ދުނިޔެއަށް ފެންނަގޮތަށް ގެނެސްދިން މި ވީޑިޔޯއަށް ދިހަ ހާހަށްވުރެ ގިނަ ލައިކްސް މިހާތަނަށް ލިބިފައިވެއެވެ. އަދި މި ވީޑިއޯ އަށާރަސަތޭކައަށްވުރެ ގިނަ މީހުން ފޭސްބުކްގައި ޝެއަރ ކޮށްފައިވެއެވެ.

އޭގެ ތެރޭގައި އޭދަފުށްޓަށް އުފަން މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު އާއި، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މިހާރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި ހުންނެވި ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ޑރ ޝަހީމްގެ އަމިއްލަފުޅު ފޭސްބުކް ޕޭޖްގައި އެ ވީޑިއޯ ޝެއަރ ކުރައްވަމުން ވިދާޅުވެފައިވަނީ މުސްތަފާއާ ބައްދަލުކޮށްލައްވަން ވަރަށް ބޭނުންފުޅުވާ ކަމަށާއި، އެހާ ކުޑަ ކުއްޖަކު ހިފްޒުކޮށް ރާއްޖޭގައި އިމާމްވެ ނަމާދުކުރުމަކީ މުޅި ރާއްޖެއަށްވެސް ލިބޭ ޝަރަފެއް ކަމަށެވެ.

“މިއީ ވަރަށް އުފާވެރި މަންޒަރެއް” އިތުރަށް އެ ޕޯސްޓުގައި ޝަހީމް ވިދާޅުވެފައިވެއެވެ.

ދާދި ފަހުން އިންޑިޔާގައި ޤުރުއާން އެއްކޮށް ހިތުދަސްކުރުމަށްފަހު ރާއްޖެއައި މުސްތަފާއަކީ އެގިފައިވާގޮތުގައި މިހާތަނަށް ރާއްޖޭގައި ހިފްޒްކޮށް ތަރާވީހްނަމާދެއް އިމާމްވެ ކުރާ އެންމެ ހަގު ކުއްޖާއެވެ. އޭދަފުށީގެ ބައްޕައަކާއި އިންޑޔާގެ މަންމައަކަށް ލިބިފައިހުރި މި ކުޑަކުއްޖާ ތަރާވީހް ނަމާދު އިމާމްވެ ނަމާދުކުރާ މަންޒަރު ރާއްޖޭގެ އެންމެ މަގްބޫލް ނޫސް “މިހާރު” ގެ ފޭސްބުކް ޕޭޖުންވެސް ވަނީ ރޭ ވަގުތުން ގެނެސްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.