ކާޑު ހިފައިގެން އޭދަފުއްޓަށް ދަތުރުކުރި އުޅަނދެއް ފަރަށް އަރައިފި

މީގެ ކުރިން އެސްޓީއޯގެ ކާޑު އުފުލާ ބޯޓެއް ފަރަކަށް އަރާފައި — ފައިލް ފޮޓޯ/ އެމްއެންޑީއެފް

ކާޑު ހިފައިގެން މާލެ އިން ބ. އޭދަފުއްޓަށް ދަތުރުކުރި އެސްޓީއޯގެ ކޮޅުވެއްޓިއެއް ރޭ ދަންވަރު މާލެ އަތޮޅު ހުވަފެންފުށި ކައިރީ ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ވިދާޅުވީ، އެ ކޮޅުވެއްޓި ރޭ ދަންވަރު ދޭއްޖެހި އިރު ފަރަށް އެރި އިރު އުޅަނދުގައި ހަ ދިވެހިން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް އެ ހާދިސާގައި ހާނީއްކައެއް ވެފައި ނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ “ކަނޑިހާ” ނަމަކަށް ކިޔާ އެ އުޅަނދު ފަރަށް އެރިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރު ކަމަށެވެ. އާޒިމް ވިދާޅުވީ އުޅަނދު ދަތުރުކުރަމުން ދިޔައީ 2000 އަށް ވުރެ ގިނަ ބަސްތާގެ ކާޑުގެ ބާވަތްތައް ހިފައިގެން ކަމަށެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯގެ ޓަގެއް ފޮނުވައިގެން އުޅަނދު ފުންކުރުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށާއި އޭގައި ހުރި ކާޑުތަކަށް އަދި އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑު ގަދަ ދުވަސްވަރަކަށް ވާތީ ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަލާމަތާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.