ތަރާވީސް ނަމާދު ޗެނަލް 13 އިން މިރޭ ލައިވް ކުރާނެ

މުސްޠަފާ. އޭނާ އިމާމުވެ މިރޭ ކުރާ ތަރާވީސް ނަމާދު ޗެނަލް 13 އިން ލައިވް ކުރާނެ. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

އޭދަފުށި މަސްޖިދު މުޢީނުއްދީންގައި 11 އަހަރުގެ މުސްޠަފާ މުޙައްމަދު އިމާމްވެ މިރޭ ކުރާ ތަރާވީސް ނަމާދު ޗެނަލް 13 އިން ލައިވް ކުރާގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ، މުޝްތަފާ އިމާމުވެ މިރޭ ކުރާ ތަރާވީސް ނަމާދު ޗެނަލް 13 އިން ލައިވް ކުރުމަށްޓަކައި އެ ޗެނަލްގެ ޓެކްނިކަލް ޓީމުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މިއީ އަތޮޅުތެރޭގެ މިސްކިތެއްގައި ކުރާ ތަރާވީސް ނަމާދު ޓީވީ ޗެނަލަުން ލައިވް ކުރާ ފުރަތަމަ ފަހަރެވެ.

މި ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އޭދަފުށި މަސްޖިދު މުޢީނުއްދީންގައި މުސްޠަފާ އިމާމްވެ ކުރި ތަރާވީހު ނަމާދު ފޭސްބުކް ޕޭޖު މެދުވެރިކޮށް ފުރަތަމަ ލައިވް ކުރީ “އީޓީ”ން ނެވެ. އެ ވީޑިއޯ މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ބަލައިފައިވާއިރު ދިހަ ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ.

އަދި ރޭ ވަނީ ރާއްޖޭގެ އެންމެ މަގްބޫލް ނޫސް “މިހާރު” ގެ ފޭސްބުކް ޕޭޖުންވެސް ވަގުތުން ގެނެސްދީފަ އެވެ.

ދާދި ފަހުން އިންޑިޔާގައި ޤުރުއާން އެއްކޮށް ހިތުދަސްކުރުމަށްފަހު ރާއްޖެއައި މުސްތަފާއަކީ އެގިފައިވާ ގޮތުގައި މިހާތަނަށް ރާއްޖޭގައި ހިފްޒްކޮށް ތަރާވީހް ނަމާދެއް އިމާމްވެ ކުރާ އެންމެ ހަގު ކުއްޖާއެވެ. އޭދަފުށީގެ ބައްޕައަކާއި އިންޑޔާގެ މަންމައަކަށް ލިބިފައިހުރި މި ކުޑަކުއްޖާ ތަރާވީހް ނަމާދު އިމާމްވެ ނަމާދުކުރާ މަންޒަރު ފެނުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

އޭގެ ތެރޭގައި އޭދަފުށްޓަށް އުފަން މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު އާއި، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މިހާރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި ހުންނެވި ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.