މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
• ތާސްކުޅުމަކީ ހުއްދަ ކަމެއްތޯ؟
ޖަވާބު: ނަމާދު ވަގުތުތަކަށް ފުށޫ ނާރާގޮތަށް ހުއްދަ ކަމެއް
• ދަމު ނަމާދު އެންމެ ލަސްކޮށް ކުރުން އެކަށީގެންވާ ވަގުތަކީ ކޮބައިތޯ؟
ޖަވާބު: ފަޖުރުލުމުގެ ކުރިން
• އަންހެނުން ގޭގައި ނަމާދު ކުރާއިރު ނަމާދު ވަގުތުގެ ތެރެއިން ކޮންމެ ގަޑިއަކު ފަރުޟު ނަމާދު ކުރިކަމުގަިއ ވިޔަސް ރަވާތިބު ސުންނަތް ކުރެވޭނެތޯ؟
ޖަވާބު: ކުރެވިދާނެ
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.