ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ، އަންނަ ހޮނިހިރު ދުވަހު 11:00 ގައިވާ ބާއްވާ މި ރަސްމިއްޔާތު އޮންނާނީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.
ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއަޔާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ބ. އަތޮޅު ކައުންސިލުން އެދެއެވެ.
މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބ. އަތޮޅު ކައުންސިލުގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރި އިރު އަނެއް ގޮނޑި ކާމިޔާބުކުރީ ޖުމްހޫރީ ޕާޓީންނެވެ. އޭދަފުށީ ކައުންސިލުގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި ފިޔަވާ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީޕީއެމް އިންނެވެ. އަނެއް ދެ ގޮނޑި ލިބުނީ އެމްޑީޕީގެ ކެނޑިޑޭޓަށާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަށެވެ.