ގަދަ ވަޔާއެކު ފެހެންދޫއާއި ތުޅާދޫއަށް ގެއްލުން ތަކެއް

މިއަދު ހެނދުނު ކުރި ވިއްސާރައިގައި ފެހެންދޫ ގެއެއްގެ ފުރާޅު އެއްލާލައިފައި: ފޮޓޯ/ތުޅާދޫ އޮންލައިން

މިހާރު ކުރަމުންދާ ވިއްސާރައިގައި ގަދަ ވަޔާއެކު ބ. ފެހެންދޫ އަށާއި ތުޅާދޫ އަށް ގެއްލުންތަކެއް ވެއްޖެ އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފެހެންދޫ ކައުންސިލުން ބުނީ މިއަދު ހެނދުނު ކުރި ވިއްސާރައިގައި ޖެހުނު ގަދަ ވަޔާއެކު އެރަށު އަސުރުމާ ގޭގެ ފުރާޅު އެއްލާއި، އެ ގޭގައި ގެންގުޅޭ ބައެއް ސާމާނުތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

އަދި ބައެއް ސަރަހައްދު ތަކުގައި ހުރި ބޮޑެތި ރުއްގަސްތައް ވެއްޓި ބައެއް ގޭގެ އަށްވެސް ގެއްލުން ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

ރޭ ގަދަ ވަޔާއެކު ކުރި ވިއްސާރައިގައި ތުޅާދޫ ގެއެއްގެ ބަދިގޭގެ ފުރާޅު އެއްލާލާފައި. ފޮޓޯ/ތުޅާދޫ އޮންލައިން

މި ވިއްސާރައިގަިއ ރޭ ޖެހުނު ގަދަ ވައިގެ ސަބަބުން ތުޅާދޫ ގެ ގެއްގެ ބަދިގޭގެ ފުރާޅުން ބައެއް އެއްލާލުމުގެ އިތުރުން، ގޭގެ ބައެއް ގަސްގަހަށްވެސް ވަނީ ގެއްލުންވެފަ އެވެ.

ވިއްސާރައިގެ ސަބަބުން މިދެރަށަށް ލިބުނު ގެއްލުންތައް އެރަށްރަށުގެ ކައުންސިލުތަކުން ބެލުމަށްފަހު އެހީތެރިކަން ފޯރުކޮށްދެން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގދަ ވަޔާއެކު ކުރި ވިއްސާރައިގައި ފެހެންދޫ ދޮންކެޔޮ ގަސްތަކެއް ވެއްޓިފައި: ފޮޓޯ/ތުޅާދޫ އޮންލައިން

މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.