މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
• އައުރަ ނިވާ ނުކޮށް (ބުރުގާ ނާޅާ) މީހަކު ހިފާ ރޯދަ ނޫނީ ކުރާ އަޅުކަން ބަލައި ގަންނާނެތަ؟
ޖަވާބު: އައުރަ ނިވާ ނުކޮށް ހުރުން އެއީ އޭނާ ކުރާ ކުށެއް. ނަމަވެސް އޭގެ ސަބަބުން އަޅުކަން ގަބޫލު ނުކުރެވޭނެ ކަމަށް ދަލީލެއް އައިސްފައިވާކަމަށް އެނގިފައެއް ނެތް.
• ރޯދައަށް ހުންނައިރު ކަރު ކެހިލުމުން ނުވަތަ ނޯށުން ދަމާލުމުން އަނގަޔަށް އަންނަ އަރިދަފުސްކޮޅު ދިރުވައިފިނަމަ ރޯދަ ގެއްލޭނެތޯ؟
ޖަވާބު: ނުގެއްލޭނެ
• ރޯދަމަހު ހަވީރު 5 ޖަހާކަންހާއިރު ނިދުމުން ބައެއް މީހުން ބުނޭ ރޯދަ މަކްރޫހަ ވާނެއޭ. އޭގައި އެއްވެސް ހަގީގަތެއް ވޭތޯ؟
ޖަވާބު: ރަނގަޅު ވާހަކައެއް ނޫން
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.