މިސްކިތަށް ކާޕެޓް ގަންނަން މާލިއްޔާއިން 289000ރ ނަގަނީ

އޭދަފުށީ ހުކުރު މިސްކިތުގަިއ މި ރޯދަމަހު ބަޔަކު ނަމާދު ކުރަނީ. މިސްކިތުގެ ކާޕެތް އާކުރަން ދެލައްކައަށްވުރެ ގިނަ ރުފިޔާނަގަން ކައުންސިލުން ވަނީ ފާސްކޮށްފައި. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) މިސްކިތުގެ ކާޕެޓް އާކުރުމަށް ރައްޔިތުންގެ މާލިއްޔާއިން 289000 ރުފިޔާ ނަގަން ކައުންސިލުން ފާސްކޮށްފި އެވެ.

ކައުންސިލްގެ ތިން މެމްބަރުންގެ މެޖޯރިޓީން ރައްޔިތުންގެ މާލިއްޔާއިން މި ހަރަދު ކުރަން ނިންމީ މިސްކިތުގެ ކާޕެޓް ބާވެ، ވަރަށްބޮޑަށް ހަލާކުވެފައިވާތީ އާ ކާޕެޓް ގަތުމަށް ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ކާޕެޓް އާ ކުރުމަށް ރައްޔިތުންގެ މާލިއްޔާއިން މިހާބޮޑު ޚަރަދެއް ކުުރަން ކައުންސިލުން ފާސްކުރިއިރު، މީގެ ކުރިން ދެ ފަހަރެެއްގެ މަތިން އެ މިސްކިތުގެ ކާޕެޓް އާ ކޮށްފައިވަނީ އޭދަފުށީ އަމިއްލަ ފަރާތްތަކުގެ އެހީއާ އެކުއެވެ.

އަދި އެނގިފައިވާ ގޮތުގައި މިއަހަރު ކުރީކޮޅު މިއަތޮޅު ރިސޯޓަކަށް އައި ސައުދީގެ ފަތުރުވެރިޔަކު އެ މިސްކިތަށް އެހީދޭން މަސައްކަތް ކޮށްފައިވެސް ވަނިކޮށެވެ. ނަމަވެސް ކައުންސިލު މެދުވެރިކޮށް މިސްކިތުގެ ބައެއް މައުލޫމާތު ލިބުމުގައި ދަތިތަކެއް ދިމާވެގެން އެ ފަތުރުވެރިޔާގެ ފަރާތުން އެ އެހީ ވަނީ ހަމަޖެހޭ ގޮތް ނުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.