ބ. އޭދަފުށީގެ ވަރުގަދަ އެއް ސަހުސިއްޔަތު ކަމަށްވާ މިރަށު ސަކީނާމަންޒިލް، ޔޫސުފް މުހައްމަދު (ބަރާބަރު ޔޫސުބް) މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވީ ގިނަ ދުވަސްތަކަކު ބަލިވެއުޅުއްވުމަށްފަހު މިއަދު ހެނދުނު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރުފުޅަކީ 76 އަހަރެވެ.
އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާ މިސްކިތުގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
ބަރާބަރު ޔޫސުބަކީ ރަށުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތް ތަކުގައިވެސް އަމަލީގޮތުން ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އަލްމަރުޙޫމް ޔޫސުފް މުހައްމަދުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.