މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
• ރޯދައަށް ހުރެ ހަނދާން ނެތިގެން، މިސާލަކަށް ހެޔޮވަރު ބިއްލޫރި ތައްޓެއްގެ ފެން ބޮވުނީ، ދެން ހަދާނީ ކިހިނެއް؟
ޖަވާބު: ރޯދަ ނުގެއްލޭނެ
• މީހުންނަށް ޖެއްސުން ކުރުމަށް ފާޑު ފާޑުގެ ބަސް ބަސް ބުނުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: ޖެއްސުން ކުރުމަކީ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމެއް
• ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ހުންނަ ފިރިހެން މީހާ ބޯ އެއްސުމަކީ ގޯސް ކަމެއްތޯ؟
ޖަވާބު: ނަމާދު ކުރާއިރު ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑު ބަނދެފައި ނުވަތަ ގޮށްޖަހާފައި ހުރުން ހުއްދަވެގެން ނުވޭ.
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.