ސަލްސާގައި ރޯދަ މެނޫއާއެކު އަގުބޮޑު އިނާމްތަކެއް!

ސަލްސާގެ އޭދަފުށީ ރެސްޓޯރަންޓް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ސަލްސާގެ ރެސްޓޯރަންޓްތަކުގެ ރޯދަ މެނޫއާއެކު އަގުބޮޑު އިނާމްތަކެއް ހިމަނައިފި އެވެ.

ސަލްސާ ރޯޔަލްގެ ވެރިޔާ އިބްރާހިމް އާމިރު މިއަދު “އީޓީ” އަށް ވިދާޅުވި ގޮތުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ސަލްސާ އިން ރޯދަ މެނޫ ތައްޔާރު ކުރީ ރޯދަ ވީއްލަންދާ ފަރާތްތަކަށް ބައިވެރިވެވޭ ލަކީ ޑްރޯ އަކާއެކު އަގުބޮޑު އިނާމްތަކެއް ހިމަނައިގެންނެވެ.

“ސަލްސާގެ ކޮންމެ ރެސްޓޯރަންޓަކަށްވެސް ރޯދަ ވީއްލަން ދާ ކޮންމެ މީހަކު ކޫޕަނެއް ފުރާލުމުން އޮޓޮމެޓިކުން ގުރުއަތުގައި ބައިވެރިވެވޭނެ،”

ސަލްސާގެ ލަކީ ޑްރޯގައި ހިމެނޭ އިނާމްތަކުގެ ތެރޭގައި މޯލްޑިވިއަންގެ ފަރާތުން ދެ މީހަކަށް ޗެންނާއި ދެކޮޅު ޓިކެޓާއި، އޮޅުވެލި ބީޗް ރިސޯޓުން ދެ މީހަކަށް ދެ ރޭ ގެ ހުރުމާއި އަދި އެސްޓީއޯއިންދޭ 32 އިންޗީގެ ސްލިމް ލެޑް ޓީވީ އަކާއި ޕްރޮޖެކްޓަރެއްގެ އިތުރުން އެލްމޯބައިލުން ދޭ 50 އިންޗީގެ ސެމްސަންގް ލެޑް ޓީވީ އަކާއި މުނިހޯމް ކެއާގެ ފަރާތުން ހުށަހަޅާފައިވާ ބެޑްރޫމު ސެޓެއް ހިމެނެ އެވެ.

ލަކީ ޑްރޯގެ ގުރުއަތުލުން އޮންނާނީ ހަ ރޯދަ ތެރޭގަ އެވެ. ގުރުއަތުލުން ޓީވީ ޗެނަލަކުން ވަގުތުން ދައްކާނެ އެވެ.

އާމިރު ވިދާޅުވި ގޮތުގައި ރޯދަ މެނޫތައް އެކުލަވާލީ ކަސްޓަމަރުން ބޭނުންވާ ރަހަތައް ހިމަނައިގެން ކުރީގެ ތަޖުރިބާއަށް ބަލައިގެންނެވެ.
ސަލްސާގެ ތިން ރެސްޓޯރަންޓެއް މިހާރުނ ހިންގަ އެވެ. އެއީ މާލޭގައި ހުންނަ ސަލްސާ ރޯޔަލްގެ އިތުރުން އޭދަފުށީގަިއ ހުންނަ ސަލްސާ ރިޓްރޫޓް އަދި ކ. ތުލުސްދޫގަިއ ހުންނަ ސަލްސާގެ ރެސްޓޯރަންޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.