ޓޫ ތައުޒަން އައިލްސްގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫއާއި ޓޫ ތައުޒަން އައިލްސް ގެ ޓެލެކޮމް ޕާޓްނަރަކަށް އޫރީދޫ ހަމަޖައްސައިފި އެވެ.

އުރީދުން ބުނި ގޮތުގައި މި ޕްރޮޖެކްޓަކީ މަޝްހޫރު ފޮޓޯގްރާފަރު އައިޝަތު ނަޖް އަދި ލިޔުންތެރިޔާ ޑެނިއެލް ބޮސްލޭގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ތާރީޚީ ކަންކަން އެކުލަވާލުމަށް ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގައި ފޮޓޯ ޖަނަލިޒަމް އަދި ޓްރެވަލް ބޮލްގިންގ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކުވައިދެވޭނެ އެވެ.

ޓޫ ތައުސަން އައިލްސް ޓީމް, ރާއްޖޭގެ އާބަދުވެފައިވާ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް، މަސައްކަތްކުރުމަށް ބޭނުންވާ މުވާސަލާތީ އެހީތެރިކަން، އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާރޓްނަރއެއްގެ ގޮތުން އުރީދޫއިން ފޯރުކޮށްދޭނެއެވެ.

“މުޖުތަމައުގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވެފައި، އަޅުގަނޑުމެންގެ އިންޓަނެޓް ޚިދުމަތުގެ އެހީގައި، މިފަދަ އުފެއްދުންތެރި ޕްރޮޖެކްޓްތަކެއް ޒުވާނުން ހިންގާތީ އަޅުގަނޑުމެން އުފާކުރަން. ޓޫ ތައުސަން އައިލްސް ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް، ރާއްޖޭގެ މުޅިން އާ ވާހަކަތަކެއް ހޯދާ ޑޮކިއުމަންޓްކުރުމަށް ކުރާ ދަތުރަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

ތައުސަން އައިލްސްގެ ކޯ ފައުންޑަރ އައިޝަތް ނަޖް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތް އުރީދޫގެ އެހީތެރިކަމާއި ނުލާ ކުރިއަތްގެންދިއުން ދަތި ކަމަށެވެ.

“އެހެންކަމުން އެކުންފުނީގެ އެއްބާރުލުން އަގުވަޒަންކޮށް ޝުކުރު އަދާކުރަން. އުރީދޫގެ ނޭޝަންވައިޑް 4ޖީ ނެޓްވަރކް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް އަޕްލޯޑް ކުރަމުންދާ ބްލޮގް ޕޯސްޓުތަކާއި ސޯޝަލް މީޑިއާ އަޕްޑޭޓްތަކުގެ އެހީގައި، މި ދަތުރުގެ ކޮންމެ ފިޔަވަޅެއްވެސް، އަޅުގަނޑުމެންގެ ފޮލޮވާރޒް އާއި ހިއްސާކޮށްލެވޭ،” ނަޖް ވިދާޅުވިއެވެ.
http://twothousandisles.com ނުވަތަ އެންމެ އެދިލައްވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެއް މެދުވެރިކޮށްވެސް، ޓޫ ތައުސަން އައިލްސް ގެ މި ހާއްސަ ދަތުރު ގާތުން ބަލަމުންދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.