ސޮބާހު: ބައިނަލު އަގުވާމީ އިތުރު ހަރުފަތަކަށް

ވޯލްޑްޝެފްސްގެ ޖަޖިން ސެމިނާއެއް ފުރިހަމަ ކުރި ދިވެހި ތިން ޖަޖުން — ފޮޓޯ/ ސީޖީއެމް…

ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވޯލްޑްޝެފްސް)ގެ ޖަޖިން ސެމިނާއެއް ފުރަތަމަ ފަހަރަށް ފުރިހަމަ ކުރި ދިވެހި ތިން ޝެފުންގެ ތެރޭގައި ބ. އޭދަފުއްޓަށް އުފަން ސޮނެވާފުށީ ރިސޯޓްގެ ޝޫ ޝެފް އަބްދުﷲ ސޮބާހު ހިމެނި ބައިނަލް އަގުވާމީ އިތުރު ހަރުފަތަކަށް ދަތުރުކޮށްފި އެވެ.

ވޯލްޑްޝެފްސް އިން ގަބޫލުކުރާ ޖަޖެއްގެ މަގާމް ލިބުމުން ސޮބާހު އަށް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މަޝްހޫރު ކަލިނަރީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކަލިނަރީ ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

ސޮބާގެ އިތުރުން ދެން މި ސެމިނާ ފުރިހަމަކުރީ މިއަތޮޅު އަނަންތަރާ ކިހަވަށް ވިލާސްގެ އެގްޒެކެޓިވް ޝެފް، އިސްހާގާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ލީޑިން ޓްރެއިނަރު އައިމިނަތު ޝާނީ އެވެ.

ވޯލްޑްޝެފްސްގެ ކަލިނަރީ ކޮމްޕެޓިޝަން ކޮމެޓީއިން އުފައްދާ ޖަޖިން ސެމިނާ ޕްރޮގްރާމްތަކަކީ ކޮންމެ ބައްރެއްގައި ވެސް ގަވާއިދުން ބާއްވަމުން އަންނަ ޕްރޮގްރާމްތަކެކެވެ.

ވޯލްޑްޝެފްސްގެ ސެމިނާރެއްގައި ބައިވެރިވެ އެ ސެމިނާރ ކާމިޔާބު ކަމާއެކު ނިންމުމަކީ ވޯލްޑްޝެފްސް ގަބޫލުކުރާ ޖަޖަކަށްވުމަށް ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަމެކެވެ.

ވޯލްޑްޝެފްސްގެ ޖަޖިން ސެމިނާ ފުރިހަކޮށް ބައިނަލް އަގްވާމީ އިތުރު ހަރުފަތަކަށް ސޮބާ ދަތުރުކުރިއިރު، އޭނާ އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ކެއްކުމުގެ އެކިއެކި މުބާރާތްތަކުން ރަން ވަނަތަކުގެ އިތުރު ގިނަ އެވޯޑްތަކެއް ހޯދަމުންނެވެ.

އެގޮތުން މިދިޔަ އަހަރު ކުރީކޮޅު ސިންގަޕޫރުގައި އޮތް ފުޑް އޭޝިޔާ 2016، އެފްއެޗްއޭ ކަލިނަރީ ޗެލެންޖް”އިން ސޮބާހު ވަނީ ސުވާސާ މެޑެލް ހާސިލުކޮށްފަ އެވެ. ސޮބާއަށް އެ މެޑެލް ލިބުނީ “ހޮޓް ކުކިން-ލައިވް” ކެޓަގަރީގައި ވާދަކޮށްގެންނެވެ.

މީގެ އިތުރުން ސޮބާހު ވަނީ އެފް.އެޗް.އޭ.އެމް 2015 ގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަނުންވެސް ގިނަ މެޑަލްތަކެއް ހާސިލުކޮށްފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން އިތުރުކުރުމުގެ ރޮނގުން ގައުމީ އިނާމުވެސް ސޮބާ ވަނީ ހާސިލުކޮށްފަ އެވެ.

ސޮބާހު މިހާރު ގެންދަނީ ރާއްޖޭގެ އެތެރޭގައި ބާއްވާ މުބާރާތްތަކާއި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގެ ފަނޑިޔާރުކަން ވެސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.