މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
• އަންހެނުން އަތުގައި ހީނާފަތް އަޅައިގެން ކުރާ ނަމާދު ސައްހަވާނެތޯ؟
ޖަވާބު: ސައްހަވާނެ
• ފިޠުރު ޒަކާތް ދައްކަން ޖެހެނީ އެމީހަކު ހުރި ތަނަކަށްތޯ؟ މިސާލަކަށް ރާއްޖެތެރޭ ރަށެއްގެ މީހަކު އޭނަ ދިރިއުޅެނީ މާލޭގައި. ދެން އޭނަގެ އަމިއްލަ ރަށަށް ފިތުރު ޒަކާތް ދެއްކިދާނެތޯ؟
ޖަވާބު: ބޮޑަށް ރަނގަޅީ އެމީހަކު ދިރިއުޅޭ ތަނެއްގައި އުޅޭ ފަގީރުންނަށް ދިނުން. އެހެން ނަމަވެސް އެހެން ހިސާބެއްގެ ބަޔަކަށް ދިން ނަމަވެސް މައްސަލައެއް ނެތް.
• ނަމާދު ސަޖިދައިގައި އަދި ނަމާދު ނިމިގެން ސަލާމްދިނުމުގެ ކުރިން ދުޢާ ކުރާއިރު ކޮންމެ ދުއާއެއް ތިން ފަހަރު ކިޔަން ޖެހޭނެތޯ؟
ޖަވާބު: އެއްފަހަރު ކީމަ ރަނގަޅޫވާނެ
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.