އޭދަފުށިން ދީނީ ތިން ސުވާލު (8)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

• ނަމާދުކޮށް ގުރުއާން ކިޔަވަން ރަނގަޅަށް އެނގޭ، އެކަމަކު ބާލިޣު ނުވާ ކުއްޖެއްގެ ފަހަތުގައި ކުރާ ނަމާދު ސައްހަ ވާނެތޯ؟
ޖަވާބު: ސައްހަވާނެ

• ވަރަށް އާއްމުކޮށް ފުރަގަސް ފަރާތުން ވައި ބޭރުވުމުގެ މައްސަލަ ހުންނަ މީހެއްނަމަ ނަމާދު ކުރާއިރު އެކަމަށް ރައްކާތެރިވާން ހަދާނީ ކިހިނެއްތޯ؟
ޖަވާބު: އާއްމުކޮށް ވައި ބޭރުވާ މީހެއްނަމަ ނަމާދަށް އެރުމުގެ ކުރިން ވުޟޫކޮށްގެން އަރާނީ. ދެން އެ ދެމެދުގައި ވައި ބޭރުވިނަމަވެސް އަޅާލާނެ ކަމެއްނެތް. ނަމާދު ކުރިއަށް ގެންގޮސް ނިންމާލާނީ. އިންޝާﷲ ނަމާދު ސައްހަވާނެ

• ސިގިރެޓަކުން ރޯދަ ވީއްލުމަކީ ކޮންކަލަ ކަމެއްތޯ؟
ޖަވާބު: ރޯދަ ވީއްލަން ސުންނަތް ވެގެންވަނީ ކަދުރު އޮށަކުން. ނުލިބިއްޖެނަމަ ފެން ތައްޓަކުން

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.