އޭދަފުއްޓަށް ގެނައި ކާޑު ބޭލޭނެ ގޮތެއް ނެތިފައި

ކާޑު ހިފައިގެން އޭދަފުއްޓައް އައި އެސްޓީއޯގެ ކޮޅުވެއްޓި ބޭރުގައި އަޅާފައި

މާލެ އިން ކާޑު ބަރުކޮށްގެން ބ. އޭދަފުއްޓަށް އިއްޔެ އައި އެސްޓީއޯގެ ކޮޅުވެއްޓިން ކާޑު ބޭލޭނެ ގޮތެއްނެތި އޮންނަތާ އެތައް ގަޑިއިރެއް ވެއްޖެ އެވެ.

އިއްޔެ މެންދުރު ކާޑު ހިފައިގެން އޭދަފުށްޓައި އައި މި ކޮޅުވެއްޓި ފަޅަށް ނުވެއްދި ފަޅު ބޭރުގަައި އޮތީ މިރަށު ފަޅުން ޖާގަ ލިބޭނެ ގޮތް ނުވެގެންނެވެ.

ރަށު ކައުންސިލުގެ މެންބަރަކު ވިދާޅުވީ އެސްޓީއޯ އިން އެދިގެން ފަޅުން ޖާގަ ހުސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން އަދި ނުވެ އޮތީ މުދާ ބާލާ ސަރަހައްދުގައި އިންޖީނު މަރާމާތު ކުރާ ދޯންޏެއް އޮވެގެން ކަމަށެވެ. އެ ދޯނި ނަގަން ދޯނީގެ ވެރިފަރާތާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

“މުދާ ބާލާ ސަރަހައްދުގައި އޮތީ އިންޖީނު މަރާމާތު ކުރަމުންދާ ދޯންޏެއް. އެހެންވެ އެ ދޯނިވެސް އެތަނުން އެހެން ތަނަކަށް ގެންދަން އަދި އުނދަގޫވެގެން އުޅެނީ، އަޅުގަނޑުމެންނަށް ގަދަކަމަކުން ނުނެގޭނެ،” ކައުންސިލުން ބުންޏެވެ.

އޭދަފުށީ ބަނދަރުގެ ހުޅަނގު ސަރަހައްދު ހާއްސަ ކޮށްފައި އޮންނަނީ ހަމައެކަނި މުދާ ބޭލުމަށާއި ފެރީ ޖެއްސުމަށެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯގެ މި ކޮޅުވެއްޓީގައި އޭދަފުށީ އެސްޓީއޯގެ ފިހާރައަށް ގެނައި ކާޑުގެ އިތުރުން ހއ. އަދި ހދ. ގެ ރަށްރަށަށް ގެނައި ކާޑުވެސް ބަރުކޮށްފައިވެ އެވެ. ކޮޅުވެއްޓީ އަދިވެސް އޮތީ އޭދަފުއްޓާ ސޮނެވާފުއްޓާ ދޭތެރެ ބޭރުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.