ނިމިގެން ދިޔަ ލޯކަލް ކައުންސިލު އިންތިޚާބު ކާމިޔާބުކުރި ބ. އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ހުވާ ކުރައްވައިފި އެވެ.
އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ދެންމެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ބ. އަތޮޅު ޖުޑީޝަލް ދާއިރާ ހިންގުމާ ހަވާލުވެ ހުންނެވި، ބ. މާޅޮހު ކޯޓްގެ މެޖިސްޓްރޭޓް އަބްދުއްރަޝީދު ޔޫސުފެވެ.
މިދިޔަ މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި އޭދަފުށީ ކައުންސިލަށް 5 ކައުންސިލަރުން އިންތިހާބުކުރިއިރު، އަތޮޅު ކައުންސިލަށް އިންތިހާބުކުރީ 3 ކައުންސިލަރުންނެވެ.
އަތޮޅު ކައުންސިލުގެ ރައީސް އާއި ނައިބް ރައީސް ހޮވުން އޮންނާނީ މެންދުރުފަހު 12:45 ގަ އެވެ. އަދި ރަށު ކައުންސިލުގެ ރައީސް އާއި ނައީސް ހޮވާނީ 1:30 ގަ އެވެ.
ކައުންސިލަރުން ހުވާކުރި ރަސްމިއްޔާތުގެ ބައެއް ފޮޓޯތައް: