ބ. އަތޮޅު ކައުންސިލުގެ ރައީސްއަކަށް މަބްރޫކު، ނައިބް ރައީސަކަށް އަފްރާހް

މިއަދު އަލަން އިންތިހާބު ކުރެވުނު ބ. އަތޮޅު ކައުންސިލުގެ ރައީސް އަކަށް މަބްރޫކު ނަސީރު އަދި ނައިބް ރައިބު ރައީސްކަމަށް އަހްމަދު އަފްރާހު އިންތިހާބުކޮށްފި އެވެ.

އާ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު، ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ މި ދައުރުގެ ރައީސް ކަމަށް އެމްޑީޕީ ޓިކެޓްގައި އޭދަފުށީ ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގެންނެވި މަބްރޫކު އިންތިހާބުވީ ކައުންސިލުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ރައީސް ކަމަށް ކުރިމަތިލެއްވީވެސް މަބްރޫކު އެކަންޏެވެ.

ބ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް ކަމަށް އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ދާއިރާއިން ކައުންސިލަށް ހޮވިވަޑައިގަތް އަހްމަދު އަފްރާހުވެސް އިންތިހާބު ކޮށްފައި ފުރިހަމަ އަގުލަބިއްޔަތުންނެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަދި ނައިބްރައީސް އިންތިހާބުކުރުމުގެ ޖަލްސާ އޮންނާނީ 1:30 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަޙްމަދު ރަޝީދު = ސީޓޭ

    މަރްޙަބާ މަބްރޫކު ނަސީރު އަދި ނައިބް ރައީސް އަހްމަދު އަފްރާހު………… އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ޚިދުމަތް ދެއްވުންމަތީ ދެމިތިބުމަށް އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.