އޭދަފުށީ ކައުންސިލުގެ ރައީސްކަމަށް ތޮލާލު އިންތިހާބުކޮށްފި

އޭދަފުށީ ކައުންސިލުގެ ރައީސަކަށް ހޮވިވަޑއިގެންނެވި ތޮލާލު އަބްދުއްރަހްމާން ހުވައިގެ އިގުރާރުގަިއ ސޮއިކުރައްވަނީ

މިއަދު އަލަށް އިންތިހާބުކުރި ބ. އޭދަފުށި ކައުންސިލުގެ ރައީސަކަށް ތޮލާލު އަބްދުއްރަހްމާން އިންތިހާބުކޮށްފި އެވެ.

ނައިބު ރައީސަކަށް ހޮވުނީ ހައްވާ ސަމީހާ އެވެ. މި ދެބޭފުޅުންވެސް ކައުންސިލަށް ހޮވި ވަޑައިގެންނެވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.

މިއަދު މެންދުރު ފަހު ބޭއްވި އެ ކައުންސިލުގެ ފުރަތަމަ ބައްދަލުވުުމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް ކައުންސިލަރުންގެ ތެރެއިން ހަަތަރު ބޭފުޅަކު ތޮލާލަށް ވޯޓު ދެއްވި އިރު ނައިބު ރައީސް ހޮވުމަށް ނެގި ވޯޓްގައި ހައްވަ އަށް ލިބިވަޑައިގަތީ ތިން ވޯޓެވެ. ނައިބު ރައީސްގެ މަގާމަށް ދެން ވާދަކުރި އަމިއްލަ ކެންޑިޑޭޓް ޒައިދު އަލީ އަށް ލިބިވަޑައިގަތީ 2 ވޯޓެވެ.

މިއަދު ވަނީ ބ. އަތޮޅު ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްވެސް ހޮވައިފަ އެވެެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ އަތޮޅު ކައުންސިލުގެ ރައީސްކަމަށް މަބްރޫކް ހޮވުނުއިރު ނައިބްރައީސް ކަމަށް ހޮވުނީ އެމްޑީޕީގެ އަހްމަދު އަފްރާހު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު = ސީޓޭ

    މަރްޙަބާ ޠަލާލް ޢަބްދުއްރަޙްމާން……… އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ޚިދުމަތް ދެއްވުންމަތީ ދެމިހުރުމަށް އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.