އޭދަފުށިން ދީނީ ތިން ސުވާލު (9)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

• ރޯދައަށްހުރެ ކައްކާ ގަޑީގައި އެއްޗެހީގެ ރަހަ ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟ ދިރުވައިނުލާ ދުލުގެ ކުރީގައި ޖައްސާފައި ރަހަ މިބަލަނީ. އެއަށްފަހު އަނގަ ދޮވެލަނީ. ކުޅި އެއްޗެހި ވިއްޔާ އެ ކުޅިކަން އެތައް އިރެއް ވަންދެން ވެސް ދުލުގައި ހުރޭ؟
ޖަވާބު: ރޯދައަށްހުރެ ކާ އެއްޗެތީގެ ރަހަ ބަލަން ޖެހިއްޖެނަމަ އެކަން ކުރުމަކީ ހުއްދަ ކަމެކެވެ ހަށިގަނޑުގެ އެތެރެއަށް މިންވަރެއް ނުދާނަމަ ރޯދައަކަށް އޭގެ ސަބަބުން އަސަރެއް ނުކުރާނެ އެވެ. މިގޮތަށް ރަހަ ބެލުމުގައި ކޮފީ ވިޔަސް އަދި އެހެން އެއްޗެއްވިޔަސް ހަމަހަމަ ވެގެންވެ އެވެ. އެއްވެސް ބޭނުމެއްނެތި ކާ އެއްޗެއްގެ ރަހަ ބެލުމަކީ މަކްރޫހަ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ރޯދަ ބާތިލެއް ނުވާނެ އެވެ.

އިބްނު އައްބާސް ރަޟިއަﷲ އަންހު ވިދާޅުވެފައިވެ އެވެ.
“ތެލިން ނުވަތަ އެނޫންވެސް އެއްޗަކުން ކާ އެއްޗެތީގެ ރަހަ ބެލުމަކީ ރޯދަ ވެރިޔާއަށް ހުއްދަވެގެންވާ ކަމެކެވެ،”

އިމާމު އަހްމަދު ވިދާޅުވެފައިވެ އެވެ.
“ތިމަން ކަލޭގެފާނުގެ ގާތުގައި ބޮޑަށް ރަނގަޅީ ރަހަ ނުބެލުމެވެ. ނަމަވެސް ރަހަ ބަލަން ޖެހިގެން ރަހަ ބެލިނަމަވެސް އޭގެ ސަބަބުން ރޯދައަކަށް އަސަރެއް ނުކުރާނެ އެވެ،”
އަލްމުގަނީ (4-359). ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަހިމަހުﷲ އެކަލޭގެފާނުގެ “ފަތާވާ އަލްކުބްރާ ގައި ވިދާޅުވެފައިވެ އެވެ.
“އެއްވެސް ސަބަބަކާ ނުލައި ކާ އެއްޗެތީގެ ރަހަ ބެލުމަކީ ރޯދަވެރިޔާގެ މައްޗަށް މަކްރޫހަވެގެންވާ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ރޯދަ ގެއްލޭވަރުގެ ކަމެއް ނޫނެވެ،”
ޝައިޚްލް އުސައިމީގެ “ފަތުވާ އައްސިޔާމް” އޭ ކިޔުނު ފޮތުގެ 356 ވަނަ ސަފްހާގައިވެ އެވެ. ކާ އެއްޗެތީގެ ރަހަ ބެލުމުން ރޯދަ ގެއްލޭނެތޯ އެވެ. ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
“ދިރުވާ ނުލާނަމަ ރޯދައަށްހުރެ ކާ އެއްޗެތީގެ ރަހަ ބެލިޔަސްވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް ކޮންމެހެން ބޭނުންވެގެން ނޫނީ އެފަދަކަމެއް ނުކުރާ ހުށި ކަމެވެ. މިގޮތަށް ރަހަ ބަލާއިރުގައިވެސް ގަސްދަކާ ނުލައި ހަށިގަނޑުގެ ތެރެއަށް އެއިން އެތިޅެއް ދިޔަނަމަވެސް ރޯދައެއް ނުގެއްލޭނެ އެވެ.

• ގެފުޅު ކުރަހާފައި ހުންނަ މުސައްލަ މަތީގައި ނަމާދުކުރުން މިއީ ކޮންކަހަލަ ކަމެއް؟
ޖަވާބު: މައްސަލައެއް ނޫން

• ނިދަން އޮންނައިރު ބޯ ލާނެ ވަކިކޮޅެއް އޮވޭތޯ؟ މިހެން މި ދެންނެވީ ބައެއް މީހުން ބުނޭ ބޯ ލާންވާނީ އުތުރު ފަރާތަށް ނޫނީ އިރުމަތީ ފަރާތަށް ކަމަށް؟
ޖަވާބު: ނޯވޭ

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.