ދުނިޔޭގެ ފީނުމުގެ ޗެންޕިއަންއާއެކު ގޮއިދޫ 4 ކުއްޖަކު ޓްރޭނިން ހަދައިފި

ދުނިޔޭގެ ފްރީ ޑައިވިންގް ޗެންޕިއަން ހިބާޓް ނިޗް އާއެކު ބ. ގޮއިދޫ ސްކޫލްގައި ކިޔަވަމުންދާ 4 ކުއްޖަކު ފީނުމުގެ ޓްރޭނިން ހަދައިފި އެވެ.

ބ. ގޮއިދޫ ސްކޫލުން ބުނިގޮތުގައި މި ހަތަރު ކުދިން ޓްރޭނިން ހެދީ މިމަހުގެ 1 ން 3ށް މިއަތޮޅު ކޮކޯޕާމް ރިސޯޓްގައެވެ.

“މިއީ ގޮއިދޫ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންގެ ތެރެއިން ފީނުމަށް ޝައުގުވެރިވާ ކުދިންގެ ހުނަރު އިތުރު ކުރުމަށް ކޮކޯޕާމްއާއި ގުޅިގެން ހޯދި ފުރުސަތެއް،” އެސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވި އެވެ.

ނިޒާމު ވިދާޅުވި ގޮތުގައި މި ޓްރޭނިންގް ގެ ސަބަބުން ދަރިވަރުންނަށް ކުރިން ނޭނގިހުރި އެތައް ކަމެއް އެނގިގެން ދިޔަ އެވެ.

އަދި ކޮކޯޕާމް ރިސޯޓްގަިއ ދުނިޔޭގެ ޗެންޕިއަންއާއެކު އެކުދިން ގިނަ ވަގުތުތަކެއް ފީނައި، އެކިކަހަލަ ހުނަރުތައް މި ފްރޮޤްރާމްގައި ދަސްވެގެންދިޔަކަމަށް ގޮއިދޫ ސްކޫލުން ބުންޏެވެ. އަދި މިހާ ކުޑަ ކުދިންތަކެއް ދެއްކި ހުނަރާމެދު ދުނިޔޭގެ ޗެންޕިއަން ވަރަށް ބޮޑަށް ޝައުގުވެރިވިކަމަށްވެސް ގޮއިދޫ ސްކޫލުން ބުންޏެވެ.

ގޮއިދޫ ސްކޫލުގެ ކުދިންތަކަކަށް މިދިޔަ އަހަރު ވަނީ އެމެރިކާގެ ތަޖުރިބާރާކު ސްކޭޓް ބޯޑު އަދި ސްކޭޓިއެސްޓަންގެ އޮޕަރޭޝަން ޑިރެކްޓަރު ބްރެންޑޮން ގޮމޭޒް އާއެކު ސްކޭޓްބޯޑިންގެ ހާއްސަ ތަމްރީން ޕްރޮގްރާމް ތަކެއް ވެސް ފުރިހަމަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.