މިފަހަރުގެ ދަތުރުވެސް ފޯރިގަދަ

ބ. އޭދަފުށީ ދިރާގު އޮޕަރޭޝަންސް ސެންޓަރު މުވައްޒަފުންގެ މި އަހަރުގެ “ސްޓާފް އެންޑް ފެމިލީ ޕިކްނިކް” ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ މެދުފުށީ ފިނޮޅަށް ކޮށްފި އެވެ.

ދިރާގު މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށާއި ޓީމު ވޯކް ވަރުގަދަކުރުމުގެ ގޮތުން ކޮންމެއަހަރަކު ވެސް ބާއްވާ މިދަތުރުގައި މިއަހަރުވެސް އެ ސެންޓަރުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވި އެވެ.

އިއްޔެ ކުރި މިދަތުރުގައި ބައިވެރިވެފައި ވަނީ ގާތްގަނޑަކަށް 35 ވަރަކަށް މުވައްޒަފުންނެވެ. ބައެއް މުވައްޒަފުން ރަށުގައި ނެތުމުގެ ސަބަބުން ދަތުރުގެ ބައިވެރިން މަދުނަމަވެސް ދަތުރުގެ ފޯރި ގަދަކަން ފާހަގަ ކުރެވުނެވެ.

ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުން ބުނީ މިފަދަ ދަތުރުތަކާއި އިތުރު ހަރަކާތްތައް ކުރިޔަށް އޮތްތަނުގައި ވެސް މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ ތަކަށް ބައިވެރިވެވޭގޮތަށް އެ ސެންޓަރުން ރާވަމުންދާނެ ކަމަށެވެ. މިފަހަރުގެ ދަތުރުގައި ދިރާގުން ދިން ދައުވަތުގައި އީޓީ ވެސް ވަނީ ބައިވެފައެވެ.

“ދިރާގު ސްޓާފް އެންޑް ފެމިލީ ޕިކުނިކް” އަކީ ދިރާގުން އެ ސަންޓަރުގެ ހުރިހާ މުވައްޒަފުންނަށް އަހަރު އެއްފަަހަރު އިންތިޒާމުކޮށްގެން ބާއްވާމުންދާ ދަތުރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.