މިސްކިތު އޭސީގެ ކަރަންޓް މަސައްކަތް މަޑު ޖައްސާލަން އަންގައިފި

އޭދަފުށީ ހުކުރު މިސްކިތުގަިއ މި ރޯދަމަހު ބަޔަކު ނަމާދު ކުރަނީ. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

މި ރޯދައަށް އޭސީ ކުރަން ނިންމި އޭދަފުށީ ހުކުރު މިސްކިތުގެ އޭސީގެ ކަރަންޓް މަސައްކަތް މަޑުޖައްސާލަން އޭދަފުށީ ކައުންސިލުން އަންގައިފި އެެވެ.

ހުކުރު މިސްކިތް ހޫނުގަދަވާ މައްސަލަ އަށް ހައްލެއް ހޯދުމަށް މިސްކިތް އޭސީ ކުރުމުގެ މަސައްކަތް ފެށީ މި ރޯދައާ ދިމާކޮށް އެތަނުގެ ސީލިން އާ ކުރުމުގެ މަސައްކަތުގެ ތެރެއިން ވަކި ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

އެނގިފައިވާ ގޮތުގައި މިސްކިތުގައި އޭސީ ހަރުކުރުމާއި އިންސްޓޯލު ކުރުމުގެ މަސައްކަތް ކުރީ ކައުންސިލާ ގުޅިގެން އަމިއްލަ ފަރާތްތަކުން ހިލޭ ސާބަހަށެވެ. އޭސީ ކުރުމަށް ބޭނުންވާ އޭސީތައް ހަދިޔާކުރީ އޭދަފުށީ ދާއިރާގެ މެންބަރުގެ ދީލަތި އެހީއާއެކު އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އޭސީ އަށް ކަރަންޓް ލުވުމުގެ މަސައްކަތް މަޑު ޖައްސާލަން އެންގީ އެކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އަދި ފެންނަން ނެތުމުންނެވެ.

“އެހެންވެ. ވަގުތީ ގޮތުން އަދި މަޑު ޖައްސާލަން އެންގީ،”

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުން މިހާރު އަންނަނީ އެކަމާ ގުޅޭ ލިޔެކިޔުންތަކާއި ޔައުމިއްޔާތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ފައިސާ ދައްކަން ނިންމާގައި އޮތީ، އަދި ދެއްކޭނީ ކޮންގޮތަކުންތޯވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެ ކަންތައްތައް ބެލުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދޭނަން”

ނިމިދިޔަ އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ކުރިން ވިދާޅުވި ގޮތުގައި އޭސީ ހަރުކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ނަމުގައި ވަކި ކަރަންޓް މީޓަރެއް ހަރުކޮށްގެންކަމަށާއި، ކަރަންޓް ބިލްގެ ޒިންމާ ކައުންސިލުން ނަގާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.