މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
1. ޤުރުއާން ފިލާވަޅު ނަގައިދޭ މީހާއަށް ނޭނގި އެއްބައި ދޫކޮށްލައިފަ ހަތިމު ނިންމާލައިފިއްޔާ ދެން ހަނދާނީ ކިހިނެއް ފަހުން އެނގުނީމަ ވަރަށް ގޯސްކަމެއްކަން؟
ޖަވާބު: ތައުބާ ވާނީ
2. ނިދާފަ އޮއްވަ ހޭލެވުނީ އިރުއަރައިގެން ދިޔަ ފަހުން. ދެން ފަތިސް ނަމާދުކުރަން ޖެހޭނެ ގޮތަކީ ކޮބާ؟
ޖަވާބު: ވީ އެންމެ އަވަހަކަށް ތައްޔާރުވެގެން ފަތިސް ނަމާ ގަޟާ ކުރާނީ
3. މިއުޒިކާ ނުލައި ލަވަކިޔުން ދީނުގައި ހުއްދަތޯ؟ އަދި ބޮޑުބެރު، ތާރަޖެހުން ނުވަތަ ބޮޑުބެރު ލަވަ ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: ފާޙިސް އަމަލުތައް ނުހިމެނޭނަމަ މިއުޒިކާ ނުލައި ލަވަ ކިއިދާނެ. ބޮޑުބެރަކީ މިޔުނިކުގެ ވައްތަރެއް. ވީމާ އޭތި ހުއްދައެއް ނޫން.
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.