ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ދިރާގުން ރޯދަ ދަމަހާ ދިމާކޮށް ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން، ފައިބަ ނުވަތަ އޭޑީއެސްއެލް ކަނެކްޝަނެއް މިއަދުން ފެށިގެން ހިލޭ ގުޅައިދޭނެ ކަމަށެވެ.
އަދި ފުރަތަމަ ދެ މަހުގެ މަހު ފީ އިން 25 ޕަސެންޓް ޑިސްކައުންޓެއް ވެސް ދޭން ވަނީ ނިންމައިފަ އެވެ.
ދިރާގުން ބުނީ އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމީ ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިބަ އަދި އޭޑީއެސްއެލް ހިދުމަތް ހޯދުމުގެ މަގުފަހިކޮށް ދޭން ކަމަށެވެ.