އޭދަފުށިން ދީނީ ތިން ސުވާލު (11)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. އަންހެނުން ނަމާދުކުރަން ރަނގަޅި މިސްކިތުގައި ތޯ ނުވަތަ ގޭގައި ރޯ؟
ޖަވާބު: ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވެ އެވެ. « لاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ » މާނައަކީ؛ “ﷲގެ އަޅު ކަނބަލުންނަށް ﷲގެ މިސްކިތްތައް މަނާ ނުކުރާ ހުށިކަމެވެ”. ވީމާ އަންހެން ކަނބަލުން މިސްކިތަށް ވަޑައިގަންނަވަން ބޭނުންވެއްޖެނަމަ އެކަން މަނަލެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް އެ ކަނބަލުން މިސްކިތުގައި ނަމާދު ކުރުމަށްވުރެ އައުލާކަން ބޮޑީ ނުވަތަ މާތްކަން ބޮޑީ ގޭގައި ނަމާދު ކުރުމެވެ.

“عَنْ عَبْدِ اللَّهِ , عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , قَالَ: ” صَلاةُ الْمَرْأَةِ فِي بَيْتِهَا , أَفْضَلُ مِنْ صَلاتِهَا فِي حُجْرَتِهَا , وَصَلاتُهَا فِي مَخْدَعِهَا أَفْضَلُ مِنْ صَلاتِهَا فِي بَيْتِهَا” މާތް ﷲ ރުއްސުންލެއްވު އިބްނު މަސްއޫދުގެ ކިބައިން ރިވާ ކުރެވިގެން ވެ އެވެ.
“އަންހެނަކު މިސްކިތުގައި ނަމާދު ކުރުމަށްވުރެ އެ ކަމަނާގެ ނިދާ ކޮޓަރި ތެރޭގައި ނަމާދު ކުރުން ސިޓިން ރޫމުގައި ކުރުމަށްވުރެ މާތްކަން ބޮޑެވެ. އަދި އެކަމަނާގެ ކުޑަ ކޮޓަރީގައި ނަމާދުކުރުން ބޮޑު ކޮޓަރީގައި ނަމާދު ކުރުމަށްވުރެ މާތްކަން ބޮޑެވެ،”
“عَنْ عَبْدِ اللَّهِ بْنِ سُوَيْدٍ الأَنْصَارِىِّ, عَنْ عَمَّتِهِ أُمِّ حُمَيْدٍ امْرَأَةِ أَبِى حُمَيْدٍ السَّاعِدِىِّ, أَنَّهَا جَاءَتِ النَّبِىَّ صلى الله عليه وسلم فَقَالَتْ: يَا رَسُولَ اللَّهِ, إِنِّى أُحِبُّ الصَّلاةَ مَعَكَ? قَالَ: “قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلاَةَ مَعِى, وَصَلاَتُكِ فِى بَيْتِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى حُجْرَتِكِ, وَصَلاَتُكِ فِى حُجْرَتِكِ خَيْرٌ مِنْ صَلاَتِكِ فِى دَارِكِ, وَصَلاَتُكِ فِى دَارِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى مَسْجِدِ قَوْمِكِ, وَصَلاَتُكِ فِى مَسْجِدِ قَوْمِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى مَسْجِدِى”.
މާނައަކީ؛ އަބްދުﷲ ބިން ސުވައިދުލް އަންސާރީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ބޮޑު ދައިތާފުޅު އުއްމު ހުމައިދު ސައިދީގެ ފަރާތްޕުޅުން ރިވާ ކުރެއްވަ އެވެ. އެކަމަނާ ކީރިތި ޞައްލަﷲ އަލައިހި ވަޞައްލަމައިގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ. ﷲ ގެ ރަސޫއާ އެވެ.

“ކަލޭގެފާނާއި އެކުގައި ނަމާދުކުރުމަށް ތިމަން ކަމަނާ ލޯބި ކުރައްވަމެވެ،” ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީސް ކުރެއްވި އެވެ.
“ތިމަން ކަލޭގެފާނާއި އެކުގައި ނަމާދުކުރުމަށް ކަމަނާ ލޯބި ކުރައްވާކަން ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންނަވަ އެވެ. ނަމަވެސް ކަމަނާގެ ނިދާ ކޮޓަރީގައި ނަމާދުކުރުން ގޭގެ ސިޓިން ރޫމުގައި ކުރުމަށްވުރެ މާތްކަން ބޮޑެވެ. ކަމަނާގެ ގޭގެ ސިޓިން ރޫމުގައި ކުރުން ކަމަނާގެ ދާރުގައި ކުރުމަށްވުރެ ހެޔޮކަން ބޮޑެވެ. ކަމަނާގެ ދާރުގައި ކުރުން އަވަށުގެ މިސްކިތުގައި ކުރުމަށްވުރެ ހެޔޮކަން ބޮޑެވެ. ކަމަނާގެ އަވަށުގެ މިސްކިތުގައި ކުރުން ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރުމަށްވުރެ ހެޔޮކަން ބޮޑެވެ.
“عن عَائِشَةَ, قَالَتْ: “لَوْ أَدْرَكَ رَسُولُ اللهِ صلى الله عليه وسلم مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسَاجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ”
މާނައަކީ؛ މާތްﷲ ރުއްސުންލެއްވި އައިޝާ ރަޟިﷲ އަންހާގެ ކިބައިން ރިވާވެގެންވެ އެވެ. އެކަމަނާ ވިދާޅުވި އެވެ.
“އަންހެންވެރިން މިއުފައްދައިގެން ކަންތައް ކީރިތި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަޞައްލަމަ އަށް އެނގިވަޑައިގެންނަމަ ބަނީ އިސްރާއީލްގެ އަންހެނުންނަށް މިސްކިތަށްދިއުން މަނާ ކުރެއްވުނު ފަދައިން، އެކަނބަލުންނަށްވެސް މިސްކިތަށް ދިއުން މުޅިން މަނާ ކުރެވުނީހެވެ”. އަންހެނުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދުކުރުން މާތް ކުރައްވާފައިވަނީ އެކަނބަލުންގެ ރައްކާތެރިކަމަށްޓަކައެވެ. އެކަނބަލުން ޒީނަތްތެރިވެ، ނަލަހައްދައިގެން މަގުމައްޗަށް ނިކުތުމުން ކުކުމެދާނެ ފީނާއަކުން ސަލާމަތް ކުރެއްވުމުގެ ގޮތުންނެވެ.

ވީމާ، ފިރިހެނުން މިސްކިތުގައި ނަމާދުކުރުން 27 ދަރަޖަ ލިބޭ ފަދައިން އަންހެން ކަނބަލުން ގޭގައި ނަމާދު ކުރުމުން އެފަދަ މަތިވެރި ދަރަޖަ މާތްﷲ ދެއްވާނެ އެވެ. މިގޮތުން ގޭގައި ނަމާދު ކުރާއިރުގައި ބަންގިގޮވާ ނިމޭތަނުން ވަގުތުން ނަމާދުކުރުން ލާޒިމެއް ނޫނެވެ. ނަމަވެސް ލަސްނުކޮށް އަވަހަށް ނަމާދު ކުރުމަކީ މޮޅު އިތުރުވެގެންވާ ގޮތެވެ. والله أعلم

ޝީޝާ ނުވަތަ ވޭޕް ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: ހުއްދަކަމެއް ނޫން.

އަންހެނުންނަށް ތަރާވީހް ނަމާދުން ގިނަ ސަވާބު ލިބޭނީ ގޭގައި ކުރުމުންތޯ ނުވަތަ މިސްކިތުގައި ކުރުމުންތޯ؟
ޖަވާބު: ގޭގައި ކުރުމުން

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.