ބ.ދަރަވަންދޫ ކައުންސިލްގެ ފަރާތުން ޒުވާނުނަށް އަމާޒުކޮށްގެން “ޔޫތް ފުޓްސަލް ޗެލެންޖް 2017” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ރޭ އެރަށުގައި ފަށައިފިއެވެ.
މި މުބާރާތުގައި ދަރަވަންދޫ އާއި ކައިރިި ރިސޯޓްތަކުން ޖުމްލަ 8 ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ ފްރެންޑްސް ޔުނައިޓެޑް ، ކަންމަތި ސްޕޯޓްސް ، ނިއު ސްޕީޑް ، އެފްސީ ކުޑަ ކަންމަތި ، ކިންގްސް ޔުނައިޓެޑް ، އަމިގޯ ޑީ ޔުނައިޓެޑް ، ޓީމް ކިހާ އަދި ނޭންގޭޓިސް ޕަޓައިޓިސް ޓީމެވެ.
މި މުބާރާތް ކުރިޔަށްދާނީ މިމަހު 5 އަކުން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތް އިންތިޒާމް ކުރާ ފަރާތުން އީޓީ އަށް މައުލޫމާތު ދެމުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދަރަވަންދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް ފުޓްސަލް އަށް ޝައުގުވެރިކޮށް ، އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުންކަމުގައެވެ.