މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
1. ތަރާވީހު ނަމާދުގެ ކޮންމެ ދެ ރަކުއަތުން ފުރަތަމަ ރަކުއަތުގައި ދުއާއުލް އިފްތިތާހު ކިޔަން ޖެހޭނެތޯ؟
ޖަވާބު: ފުރަތަމަ ފަށާއިރުގައި ކީމަ ފުދޭނެ
2. ތަރާވީސް ނަމާދު ޓީވީން ދައްކަމުން ދަނިކޮށް އަންހެނަކު ގޭގައި އެޔާ އެއްވަރަށް ތަރާވީސް ނަމާދުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެ އަންހެން މީހާ އަކަށް ތަރާވިސް ނަމާދު އެކަނި ކުރާކަށް ނޭނގޭ.
ޖަވާބު: ކުރެވިދާނެ. އެކަމަކު އެއީ ޖަމާއަތުގައި ބައިވެރިވުން ކަމަށް ނުބެލެވޭނެ. ސަބަބަކީ ޖަމާއަތެއްނަމަ ހުންނަންވާނީ މިސްކިތުގެ ސާފު ތަކާ ގުޅިފައި.
3. ކޮންމެރެއަކު ރޯދަ ހިފާއިރު ނިޔަތް ކިޔަން ޖެހޭނެތޯ؟
ޖަވާބު: ރަމަޟާން މަސްފެށޭ ތަނުން މުޅި މަހު ރޯދަ ހިފުމަށް ނިޔަތް ގަނެވިދާނެ
ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.